އެމްޑީޕީ ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެހެން ޕާޓީއެއް ހެއްދެވުމުގެ މަސައްކަތް ކުރައްވާތީ އެއީ "ޑިމޮކްރަސީތޯ؟" ސުވާލު ކުރައްވައި، އައްޑޫ މީދޫ ދާއިރާޣެ މެމްބަރު ރޮޒައިނާ އާދަމް އެމަނިކުފާނަށް ފާޑުވިދާޅުވެއްޖެއެވެ.
މިއަދު މަޖިލީހުގެ ބަހުސްގެ ދެވަނަ ދަންފަޅީގައި ވާހަކަ ދައްކަވަމުން ރޮޒެއިނާ ވަނީ ރައީސް މުހައްމަދު ނަޝީދަށް ބަހުގެ ހަމަލާތައް އަމާޒު ކުރައްވާފައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަގަށް ގޮވައި ލަވަތަކެއް ޗެނަލް 13 އިން ދެއްކި މައްސަލައެއް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބަލަން ފެށުމާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅުއްވާފައެވެ. ނަމަެވސް އެމްޑީޕީގެ މެމްބަރުންގެ ވޯޓުން، އެ ގަރާރު ބޭރުކޮށްލާފައިވެއެވެ. އެކަމަކު ފަހުން ނަޝީދު ވަނީ އެ މައުޝޫއަށް ވާހަކަ ދައްކަވާފައެވެ. އަދި ރައީސަށް "ވަގަށް" ގޮވުން އެއީ މައްސަލައެއް ކަމަށް ދެކިވަޑައިނުގަންނާ ކަމަށް ވިދާޅުވެފައެވެ.
އެކަމަށް އިޝާރާތް ކުރައްވާ ރޮޒެއިނާ ވިދާޅުވީ އެންމެ ރަނގަޅު ގޮތަކީ ރައީސް ނަޝީދު ޑިމޮކްރެސީގެ ވާހަކަ ނުދެއްކެވުން ކަމަށެވެ. އެއަށް ފަހު ނަޝީދު އިސްވެ ހުންނަވާ އުފެއްދި "ދަ ޑިމޮކްރެޓްސް"އާ ގުޅުވައި ރޮަޒައިނާ ވަނީ ފާޑުވިދާޅުވެފައެވެ.
"ޕްރައިމަރީއެއް ބާއްވާފަ ބަލި ގަބޫލެއް ނުކުރެވުނު. އެމްޑީޕީގެ ރައީސް ކަމުގައި ހުންނަވައިގެން އެހެން ޕާޓީއެއްގެ މަސައްކަތް ކުރައްވާ. އެހެން ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދަވަނީ... މިތޯ ޑިމޮކްރަސީގެ ވާހަކަ ދައްކާމީހާގެ ހައިސިއްޔަތަކީ،" ނަޝީދަށް ފާޑުކިޔަމުން ރޮޒެއިނާ ވިދާޅުވިއެވެ.
ޕްރައިމަރީގައި ބަލިވުމުން ނަތިއްޖާ ގަބޫލުނުކުރުމަކީ ނަޝީދު ޑިމޮކްރަސީއަށް ތަބާނުވުން ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ މީގެ ކުރިން ނަޝީދަކީ ޑިމްކޮރަސީގެ ބައްޕަ ކަމަށް ބަޔަކު ގަބޫލުކުރިޔަސް މިހާރު އެކަން ބަލައިގަންނަ ބަޔަކު ނެތް ކަމަށެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީން ނަޝީދު ނާކާމިޔާބު ވެވަޑައިގެންނެވުމުން، އެމަނިކުފާނަށް ތާއިދު ކުރާ 12 މަޖިލިސް މެމްބަރަކު އެމްޑީޕީއާ ވަކިވެ، ވަކި ޕާޓީއެއް ހަދަން އިއުލާން ކުރީ ރައީސް ނަޝީދުގެ 56 އުފަން ދުވަހު، މެއި 17، 2023ގައެވެ. އެމްޑީޕީން ޕްރައިމަރީން ނަޝީދު ނާކާމިޔާބުވެވަޑައިގެންނެވީ ބޮޑު ފަރަގަކުންނެވެ. އެމަނިކުފާނަށް ލިބިވަޑައިގެންނެވީ 39 ޕަސެންޓް ވޯޓެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ