ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ފަރާތްތަކުގެ މަގާމުން ވަކިކުރާ ކޮންމެ މީހެއްގެ ދިފާއުގައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޓްވީޓު ކުރައްވަން ފައްޓަވައިފިއެވެ.
އިއްޔެ އާއި މިއަދު ރައީސް އޮފީހުން ވަނީ ސިޔާސީ ބައެއް މަގާމުތަކުގައި ތިބި ބައެއް ފަރާތްތަކުން ވަޒީފާ އިން ވަކިކޮށްފައެވެ.
އެ ފަރާތްތަކަކީ ނަޝީދަށް ތާއީދު ކުރާ ފަރާތްތަކެވެ. އަދި އެމްޑީޕީން ވަކިވެ، ނަޝީދު އިސްވެ ހުންނަވައިގެން އުފައްދާ ދަ ޑިމޮކްރަޓްސް ޕާޓީއާ އެ ފަރާތްތަކުން ވަނީ ގުޅިފައެވެ.
އިއްޔެ ރައީސް އޮފީހުން ވަނީ ތިން ފަރާތެއް ވަޒީފާ އިން ވަކި ކޮށްފައެވެ. މިއަދު ދެ ފަރާތެއް ވަޒީފާ އިން ވަކިކުރި އެ މަގާމުތަކުން އެބޭފުޅުން ވަކިކުރެއްވީ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށް އެބޭފުޅުންނަށް ފޮނުވާފައިވާ ސިޓީގައިވެއެވެ.
އެމްޑީޕީގެ ވެސް ރައީސް ކަމުގައި ހުންނެވި ނަޝީދު އަންނަނީ މިއިން ކޮންމެ ބޭފުޅެއްގެ ދިފާއުގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން ނަޝީދު ވަނީ ސިޔާސީ މަގާމުތަކުން ވަކިކުރާ ބައެއް ބޭފުޅުންނަކީ މުޅި އިސްލާހީ ހަރަކާތުގައި އުޅުއްވި ބޭފުޅުން ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ސޯލިހް ލަދު ނުގަނޭތޯ ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
ސަރުކާރުގެ ސިޔާސީ މަގާމުތަކުން ވަކިކުރާ ބޭފުޅުންގެ ދިފާއުގައި ނަޝީދު ވާހަކަދައްކަވާއިރު މިކަމާއި ގުޅޭ ގޮތުން އެމްޑީޕީން އަދި ވަކި އެއްޗެއް ނުބުނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ