ފާއިތުވި 15 އަހަރު ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ އޮފް ސީޒަން ދަށްނުވާ މިންވަރަށް ދަށްވެފައިވާތީވެ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މި އަހަރުގެ އޮފް ސީޒަން ވެގެންދާނީ އެންމެ މަދުން ފަތުރުވެރިން އަންނާނެ އޮފް ސީޒަނަށެވެ. ކުރިއަށް އޮތްދެ މަހުގައި ވަރަށް ބޮޑުތަނުން ޓޫރިސްޓުންގެ އަދަދު ދަށްވާނެ ކަމަށް ދާއިރާގެ ތަޖުރިބާކާރުން ވަނީ ލަފާކޮށްފައެވެ.
މިއަދު މަޖިލީހުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޓޮމް ވިދާޅުވީ ރާއްޖޭގެ އެންމެ އެންމެ ހައި އެންޑް ރިސޯޓުތަކުގެ އޮކިއުޕެންސީ އެ ރިސޯޓުތައް ހުޅުވި ފަހުން ނުދާހާ ދަށަށް ގޮސްފައިވާ ކަމަށެވެ. މަޝްހޫރު ރީތިރަށް ރިސޯޓުގެ އޮކިއުޕެންސީ 20 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް ޓޮމް ވިދާޅުވީއެވެ.
"އދ ދިގުރަށް ގެސްޓު ހައުސްތައް ހުސްކޮށް. ހުޅުމާލޭގައި ހުރި ސަފާރީތައް ހުސްކޮށް. ހައިއެންްޑް ރިސޯޓުތައް ހުސްކޮށް" ޓޮމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އެހެން ދިމާވަނީ ރާއްޖޭގެ ޗުއްޓީއަށް ހޭދަކުރާ ފައިސާއަށްވުރެ ބޮޑު ހަރަދެއް ޓިކެޓް ނަގަން ޖެހޭތީ ކަމަށެވެ. އެހެންވެ ފަތުރުވެރިންގެ ޑީމާންޑު އޮންނަނީ އަގުހެޔޮ މަންޒިލްތަކަށް ކަމަށް ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަައް ދައްކާ ގޮތުން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެ އައީ 94،604 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ 100،230 މީހުން ރާއްޖެ ޒިޔާރަތްކުރިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ