ސަރުކާރު މެމްބަރުން މަޖިލީހުގައި ދައްކަވާ ވާހަކަތަކަށް ހުރަސް އެޅުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން މަޖިލީހުގައި ލަވަ ޖަހައިފިއެވެ.
މަޖިލީހުގެ ބަހުސްގައި ސަރުކާރު މެމްބަރުން ވާހަކަ ދައްކަމުން ދަނިކޮށް، އަޑުގަދަ ކުރާއެއް ބޭނުންކޮށްގެން ލަވަ ޖެހި ކަމަށް ތުހުމަތު ކުރަނީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެން މުހައްމަދު ލަތީބު (ސެންބެ)އަށެވެ. އެކަން ކުރީ މަޖިލީހުގެ މެންދުރު ދަންފަޅީގައި ސަރުކާރު މެމްބަރުންގެ ތެރެއިން މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ އާއި ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ވާހަކަ ދައްކަވަމުން ދަނިކޮށެވެ. މެމްބަރުން ވާހަކަ ދައްކަމުން ދަނިކޮށް، ލަވަ ޖެހި އަޑު، ދެ ފަހަރެއްގެ މަތިން އިވިފައިވެއެވެ.
ރިޔާސަތުގައި އެ ވަގުތު އިންނެވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. އޭނާ ވިދާޅުވީ އެކަން ކުރާ މެމްބަރަކު އެނގިވަޑައިނުގަންނަވާ ކަމަށާއި އެކަން ނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ނިޒާމީ މައްސަލައެއްގައި ވާހަކަ ދައްކަވަމުން ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ އެކަން ކުރަނީ ކޮން މެމްބަރެއްކަން ރިޔާސަރަށް އެނގިވަޑައިގަންނަވާނެ ކަމަށާއި އެކަން ކުރަނީ ހުސެން މުހައްމަދު ލަތީފު ކަމަށެވެ.
އެކަމާ ގުޅިގެން ރިޔާސަތުން ވިދާޅުވީ އެކަން ކުރާނަމަ، ނަން އިއްވުމަށްފަހު ހުސެން މުހައްމަދު ލަތީފު މަޖިލީހުން ނެރުއްވާނެ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ