ރައްޔިތުން މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ރައީސް މުހައްމަދު ނަޝީދު އަމަލުކުރައްވާ ގޮތުން “ލަދު ގަންނަ” ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަނީފް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސަނީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނަވާ ބޭފުޅަކާއި ދިމާލަށް ހަޑި ހުތުރު ނަންތައް ކިޔުމަކީ މައްސަލައެއް ނޫން ކަމަށް މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ނަޝީދު ވިދާޅުވުމުން ލަދު ގަންނަވާ ކަމަށެވެ.
އަމިއްލަ އާއިލާގެ ތެރޭގައި އެއްޖިންސުން ގުޅުން ހިންގުމުގެ އަމަލުތައް ހިންގުމުން އެއީ ރަނގަޅު ކަމެއްގެ ގޮތުގައި މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން މަސައްކަތް ކުރުމުން ލަދު ގަންނަވާ ކަމަށް ސަނީފް ވިދާޅުވިއެވެ.
“މި ދިވެހިރާއްޖޭގައި ލާދީނީ ކަންކަމަށް ހިތްވަރު ދިނީމާ އެކަން ހިމާޔަތް ކުރީމާ، ރިޔާސަތުގައި އިނދެގެން ހިމާޔަތް ކުރީމާ ލަދުގަނޭ އިއްޒަތްތެރި ރައީސް،” ސަނީފް ވިދާޅުވިއެވެ.
އެފަދަ ބޭފުޅަކު ދިވެހި ރައްޔިތުން ކައިރިއަށް ގޮސް އެއީ ދިވެހިން ދެކެ ލޯބިވާ ވެރިއެއް ކަމަށް ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށާއި ރައްޔިތުންނަށް އޯގާތެރި އަދި ރައްޔިތުން ދެކެ ލޯބިވާ ވެރިއަކީ ނިކަމެތި ކަމެއް ދުނިޔެ އަށް އައި ހިނދު ރައްޔިތުންނަށް އަޅާލި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކަމަށް ސަނީފް ވިދާޅުވިއެވެ.
ސަނީފްގެ ވާހަކަފުޅުގައި ރާއްޖޭގެ ކަނޑު ވިއްކާލި ކަމަަށް ބުނެ ރައްޔިތުން ގުނބޯ ހެއްދުމަށް ދައްކާ ވާހަކަތައް ހުއްޓާލުމަށް ވެސް ގޮވާލެއްވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ