އެހެން މީހެއްގެ އެހީތެރިކަމާއި ނުލައި، އަމިއްލައަށް ލޯފަން މީހުން ވޯޓުލެވޭނެ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހު މަޖިލީހަށް ބަލައިގަނެ އެ ބިލުގެ މަސައްކަތް މުޅި މަޖިލީހުގެ ކޮމެޓީން ކުރުމަށް ނިންމައިފިއެވެ.
ސަރުކާރުގެ ފަރާތުން އެ އިސްލާހު ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދެވެ. އެ އިސްލާހު މަޖިލީހަށް ބަލައިގަތުމާއި ގުޅޭ ގޮތުން ނެގި ވޯޓަށް ފަހު މުޅި މަޖިލީހުގެ ކޮމެޓީ އަކަށް ބިލު ފޮނުވުމަށް 51 މެންބަރުން ވަނީ ވޯޓު ދެއްވައިފައެވެ.
އެ އިސްލާހުގައިވާ ގޮތުން ލޯފަން މީހުން ވޯޓުލާނީ ހާއްސަ ޓެމްޕްލޭޓެއް ބޭނުންކޮށްގެން ކަމަށެވެ. ބިލުގައިބުނެފައިވާ ގޮތުން އެ ޓެމްޕްލޭޓަކީ ވަނީ ވޯޓުކަރުދާހުގެ މަތީގައި ވަގުތީ ގޮތުން ހަރުކޮށްގެން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓުލުމަށް އެހީތެރިވެދޭ ގޮތަށް ތައްޔާރުކޮށްފައިވާ، އެތެރެ ފެންނަ ޕްލާސްޓިކް ޑިވައިސެއް ކަމަށެވެ.
އިސްލާހު ހުށަހަޅުއްވަމުން ޖީހާން ވިދާޅުވީ ގާނޫނުގައި މިހާރު އޮތް ގޮތުން، ލޯފަން މީހުން ވޯޓުލާން ޖެހޭނީ މީހެއްގެ އެހީތެރިކަމާ އެކުގައި ކަމަށެވާއި އޭގެ ސަބަބުން ގާނޫނުން ކަށަވަރުކޮށްދޭ އެތައް ހައްގެއް ލޯފަން މީހުންނަށް ގެއްލިފައިވާ ކަމަށެވެ، ސަރުކާރުން ހުށަހެޅި ބިލުގެ ދަށުން އިސްލާހު ކުރާނީ 45 ވަނަ މާއްދާއެވެ.
މި އިސްލާހު ހުށަހެޅުއްވީ ބްލައިންޑް އެންޑް ވިޒުއަލީ އިންޕެއާޓް ސޮސައިޓީ އޮފް މޯލްޑިވްސްގެ އިސްނެގުމާ އެކުގައެވެ.
 
		 
										
										 
		 
		 
		 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								 ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ
														
							
								ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ								