ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާ އޮންނަ ރައްޔިތުން މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފިއެވެ.
ސަރުކާރާ އިދިކޮޅު ފަރާތްތަކުން އޭޖީ ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ ރާއްޖެ އާއި މޮރީޝަސްއާ ދެމެދު ފުށުއަރާ އިމުގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ނިންމިއިރު ދިވެހިންނަށް ޗާގޯސް ގެއްލިފައިވާ ކަމަށް ބުނެއެވެ. އަދި އެކަމުގެ ޒިންމާ ރިފްއަތު ނަންގަވަން ޖެހޭނެ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.
އެ މައްސަލާގައި 13 މެންބަރުން ސޮއި ކުރައްވާ މަޖިލީހަށް އެ މައްސަލަ ހުށަހެޅީ މިމަހުގެ 11ވަނަ ދުވަހުއެވެ.
މުޅި މައްސަލަ އަށް ޖަވާބުދާރީވުމަށް ރިފްއަތު އަށް ދޭން ނިންމާފައި ވަނީ 30 މިނެޓެވެ. އެއީ ބަހުސް ފެށުމުގެ ކުރިން 10 މިނެޓާއި ބަހުގެ މެދު ތެރެއިން 10 މިނެޓާއި ބަހުސް ނިމުމުން ދޭ 10 މިނެޓެވެ. މުޅި މައްސަލަ އަށް ޖުމްލަ ދެ ގަޑިއިރު ހޭދަ ކުރުމަށް ނިންމިއިރު މައްސަލަ އަށް ބަހުސް ކުރުމަށް ދީފައި ވަނީ ދޮޅު ގަޑިއިރެވެ.
ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސް ވާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ