ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަށް ޖަވާބުދާރީވުމަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމުގެ ބަދަލުގައި އޭޖީ ޖަވާބު ދެއްވީ ލިޔުމުން ކަމަށް ރައްޔިތުން މަޖިލީހުގެ ރިޔާސަތުން ވިދާޅުވެއްޖެއެވެ.
ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މައްސަލަ އަށް ޖަވާބުދާރީވުމުގެ ގޮތުން ބަންޑާރަ ނާއިބު ލިޔުމުން ޖަވާބު ދެއްވާފައިވާ ކަމަށެވެ. ނަމަވެސް މަޖިލީހުގެ އާއްމު ކޮމެޓީން ނިންމާފައި ވަނީ ބަންޑާރަ ނާއިބު މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީވެލެއްވުމަށެވެ.
މުޅި މައްސަލަ އަށް ޖަވާބުދާރީވުމަށް ރިފްއަތު އަށް ދޭން ނިންމާފައި ވަނީ 30 މިނެޓެވެ. އެއީ ބަހުސް ފެށުމުގެ ކުރިން 10 މިނެޓާއި ބަހުގެ މެދު ތެރެއިން 10 މިނެޓާއި ބަހުސް ނިމުމުން ދޭ 10 މިނެޓެވެ. މުޅި މައްސަލަ އަށް ޖުމްލަ ދެ ގަޑިއިރު ހޭދަ ކުރުމަށް ނިންމިއިރު މައްސަލަ އަށް ބަހުސް ކުރުމަށް ދީފައި ވަނީ ދޮޅު ގަޑިއިރެވެ.
"ވަޒީރު ނިންމެވީ ވަޒީރަށް ލިބިވަޑައިގަންނަވާ ހައްގުގެ ތެރެއިން ވަޒީރު ލިއުމުން ޖަވާބު ދެއްވާ. އެހެންވީމާ މިއީ އިދާރީ މައްސަލައެއް ނުކުމެދާނެ ކަމެއްގެ ގޮތުގައި އަޅުގަނޑު ޖެހޭ ފާހަގަ ކުރަން،" މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވިއެވެ.
އެ މައްސަލާގައި އެކި ބޭފުޅުންގެ ހިޔާލު ތަފާތުވުންތަކެއް ހުއްޓެވެ. ބައެއް މެންބަރުން ވިދާޅުވީ މީގެކުރިން އަމަލު ކޮށްފައިވާ ގޮތަށް މައްސަލަ ކުރިޔަށް ގެންދިއުމަށެވެ. އަނެއްބައި މެންބަރުން ވިދާޅުވީ އާއްމު ކޮމެޓީން ނިންމާފައިވާ ނިންމުމާއި އެއްގޮތަށް މައްސަލަ ކުރިޔަށް ގެންދިއުމަށެވެ.
އެހެންކަމުން މިހާރު މަޖިލިސް ޖަލްސާ ވަނީ މެދުކަނޑާލައިފައެވެ. ނަޝީދު ވިދާޅުވީ މަޖިލިސް ޖަލްސާ މެދުކަނޑާލީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއެކު މަޝްވަރާ ކުރުމަށް ކަމަށެވެ.
ސަރުކާރާ އިދިކޮޅު ފަރާތްތަކުން އޭޖީ ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ ރާއްޖެ އާއި މޮރީޝަސްއާ ދެމެދު ފުށުއަރާ އިމުގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ނިންމިއިރު ދިވެހިންނަށް ޗާގޯސް ގެއްލިފައިވާ ކަމަށް ބުނެއެވެ. އަދި އެކަމުގެ ޒިންމާ ރިފްއަތު ނަންގަވަން ޖެހޭނެ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.
އެ މައްސަލާގައި 13 މެންބަރުން ސޮއި ކުރައްވާ މަޖިލީހަށް އެ މައްސަލަ ހުށަހެޅީ މިމަހުގެ 11ވަނަ ދުވަހުއެވެ. ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.
ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސް ވާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ.
 
		 
										
										 
		 
		 
		 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								 ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ
														
							
								ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ								