ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަށް ޖަވާބުދާރީވުމަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމުގެ ބަދަލުގައި އޭޖީ ޖަވާބު ދެއްވީ ލިޔުމުން ކަމަށް ވާތީ އެ މައްސަލަ ކުރިޔަށް ގެންދާނެ ގޮތަކާއި މެދު ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދެން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ އާއްމު ކޮމެޓީން ނިންމާފައި ވަނީ ބަންޑާރަ ނާއިބު މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީވެލެއްވުމަށެވެ. ނަމަވެސް ބަންޑާރަ ނާއިބު ވަނީ ލިޔުމުން ޖަވާބު ދެއްވައިފައެވެ. އެހެންކަމުން އެ މައްސަލަ ކުރިޔަށް ގެންދާނެ ގޮތަކާއި މެދު ހިޔާލު ތަފާތުވުންތައް އުފެދިގެން ދިޔައެވެ.
ބައެއް މެންބަރުން ވިދާޅުވީ މީގެކުރިން އަމަލު ކޮށްފައިވާ ގޮތަށް މައްސަލަ ކުރިޔަށް ގެންދިއުމަށެވެ. އަނެއްބައި މެންބަރުން ވިދާޅުވީ އާއްމު ކޮމެޓީން ނިންމާފައިވާ ނިންމުމާއި އެއްގޮތަށް މައްސަލަ ކުރިޔަށް ގެންދިއުމަށެވެ.
އެހެންކަމުން ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް، ނަޝީދު ވަނީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއެކު މަޝްވަރާ ކުރުމަށް ޖަލްސާ މެދުކަނޑާލައިފައެވެ. މަޖިލީހުގެ ޖަލްސާ ގާތްގަނޑަކަށް ބައި ގަޑިއިރެއްހާއިރަށް މެދުކަނޑާލިއެވެ.
އަލުން ޖަލްސާ ފެއްޓެވުމުން ނަޝީދު ވިދާޅުވީ ސިޔާސީ ޕާާޓީތަކުގެ ލީޑަރުންނާއެކު ކުރިޔަށް ގެންދެވުނު މަޝްވަރާ އިން ހައްލެއް ލިބިވަޑައިނުގެން ކަމަށެވެ. ނަޝީދު ވިދާޅުވީ އެކަމުގައި އެމަނިކުފާނު ދެކިވަޑައިގަންނަވަނީ ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދެން ޖެހޭ ކަމަށް ކަމަށެވެ.
"ގާނޫނުއަސާސީ މާނަ ކުރެވުނު އިރު ނުވަތަ އެކުލަވާލި އިރު އޮތް ގޮތާއި މި ބާވާތުގެ ގާނޫނީ ވާހަކަތައް އަޅުގަނޑު އެދޭ ގޮތަކީ ސުޕްރީމް ކޯޓުން ނިންމެވުން،" ނަޝީދު ވިދާޅުވިއެވެ.
މައްސަލައިގެ ހުލާސާ:
ސަރުކާރާ އިދިކޮޅު ފަރާތްތަކުން އޭޖީ ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ ރާއްޖެ އާއި މޮރީޝަސްއާ ދެމެދު ފުށުއަރާ އިމުގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ނިންމިއިރު ދިވެހިންނަށް ޗާގޯސް ގެއްލިފައިވާ ކަމަށް ބުނެއެވެ. އަދި އެކަމުގެ ޒިންމާ ރިފްއަތު ނަންގަވަން ޖެހޭނެ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.
އެ މައްސަލާގައި 13 މެންބަރުން ސޮއި ކުރައްވާ މަޖިލީހަށް އެ މައްސަލަ ހުށަހެޅީ މިމަހުގެ 11ވަނަ ދުވަހުއެވެ. ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.
ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސް ވާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ.
 
		 
		 
		 
		 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								 ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ
														
							
								ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ								