ނޫރާނީ މާ ފޮޅިއްޖެ ކަމަށާއި ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ނިންމާފައިވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަންނަވާނެ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖާބިރު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ގިނަ މެންބަރުން ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވާހަކަތައް ދައްކަވާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ ބަންޑާރަ ނާއިބު ރިފްއަތަށް އޭނާގެ އިތުބާރު ފުރިހަމަ އަށް އެބައޮތް ކަމަށެވެ. އެމަނިކުފާނު ދިވެހި ދައުލަތަށް ކޮށްދެއްވަމުން ގެންދަވަނީ ފުރިހަމަ ހިދުމަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޗާގޯސް މައްސަލާގައި ރައީސް ސޯލިހު މޮރީޝަސްގެ ރައީސަށް ފޮނުއްވި ސިޓީއާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ޖާބިރު ވިދާޅުވީ އެފަދަ ސިޓީތަކަކީ އެއްވެސް ދައުލަތަކުން ދޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި އެފަދަ ސިޓީތައް އާއްމު ކުރުމުން ދޭދޭ ގައުމުތަކާއެކު އޮންނަ ގުޅުމަށް އަސަރުތައް ކުރާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.
"ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކޮންކަމަކާތޯ ރާއްޖޭގެ ކަނޑު ވިއްކާލަންވީ. އެންމެ 50 މިލިއަން ޑޮލަރަށް ނުވަތަ 500 މިލިއަން ޑޮލަރަށް. އެއީ ކޯޗެއްތޯ،" ޖާބިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކަކީ އެއްވެސް ރައްޔިތަކު ގަބޫލުކުރާނެ ވާހަކަތަކެއް ނޫން ކަމަށެވެ. ޖާބިރު ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަމުގައި ރާއްޖޭގައި އަމާންކަމާއި ސުލްހަމަސަލަސްކަން ގާއިމް ކުރެވިގެން ދިޔަ ކަމަށެވެ. އެގޮތުން އޭނާ ވަނީ 2018ވަނަ އަހަރު ރައީސް ސޯލިހު ރާއްޖޭގެ ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެވުނީތީ އުފާ ކުރައްވާ ކަމަށް ވެސް ވިދާޅުވެފައެވެ.
"ނޫރާނީ މާ އެހުރީ ފޮޅިފައި. އިބްރާހީމް މުހައްމަދު ސޯލިހު ހޮވޭނެ [ދެވަނަ ދައުރަކަށް]. އަޅުގަނޑުމެން އެކަން ކަށަވަރު ކުރާނަން،" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ރާއްޖޭގެ ކަނޑުން ބައެއް ގެއްލިފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ބާއްވާ މުޒާހަރާގައި ބައިވެރިވާން އޭނާވެސް ދާނެ ކަމަށެވެ. ނަމަވެސް އެތަނަށް ދާނީ ރާއްޖެ އިން އެއްޗެއް ގެއްލިގެން އުޅޭނަމަ ކަމަށާއި އެއީ ވަކި ބަޔަކަށް އޮތް ހައްގެއް ނޫން ކަމަށެވެ.
 
		 
		 
		 
		 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								 ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ
														
							
								ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ								