ކިތަންމެ ދުވަހެއް ކޮށްފައި ވޯޓު ނެގިއަސް ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތުގެ އިތުބާރު އޮތް ކަމަށް ނޫން ގޮތަށް ފާސްނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮަޒއިނާ އާދަމް މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖެ އާއި މޮރީޝަސްއާ ދެމެދު ފުށުއަރާ އިމުގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ނިންމިއިރު ދިވެހިންނަށް ޗާގޯސް ގެއްލިފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައެވެ. އެ މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.
މަޖިލީހުގެ ދެވަނަ ދަންފަޅީގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ މަޖިލީހުގެ ރިޔާސަތުން މަސައްކަތްކުރައްވަނީ ވޯޓު ނެގުމުގެ ބަދަލުގައި ވޯޓު ނެގުން ލަސްކުރަން ކަމަށެވެ. ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ބަހުސްކުރަން މާ ގިނަ ވަގުތުތަކެއް ނުލިބުނު ނަމަވެސް ގިނަ މެމްބަރުން ވަނީ އެހެން މައްސަލަތަކުގެ ބަހުސްގެ ތެރެއިން އެ ވާހަކަ ދައްކަވާފައެވެ. ސަރުކާރާ އިދިކޮޅު ހުރިހާ މެމްބަރުންވެސް ވާހަކަ ދެއްކެވީ ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ ށ އަށް ރިޔާއަތްކޮށެވެ. ށ ގައި ބުނާ ގޮތުން (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހުށަހެޅުމާއެކު މެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސް ފެށުމުގެ ސާދަ ދުވަސް ކުރިން ވަޒީރުންގެ މަޖިލީހުގެ އެ މެންބަރަކަށް އެކަން އަންގާންވާނެއެވެ. އަދި އެ ބަހުސްގައި އަނގަބަހުންނާއި ލިޔުމުންނާއި އޭނާގެ ދިފާއު ގައި
މަސައްކަތްކުރުމުގެ ހައްގު އެ މެންބަރަކަށް ލިބިގެންވެއެވެ. އެ މާއްދާއާ ގުޅުވައި މެމްބަރުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ރޮޒައިނާ ވިދާޅުވީ އެ މާއްދާގެ މާނާ މެމްބަރުން އޮޅުވާލަފައިވާ ކަމަށެވެ.
"ކުއްލިއަކަށް މާނަކުރަން މި ފެށީ މި މާއްދާގައި އިން އަދި އަނގަބަހުންނާ ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތްކުރުމުގެ ހައްގު އެ މެމްބަރަކަށް ލިބިގެންވެޔޭ. މިހާރު ކުއްލިޔަކަށް އަނގަ ބަހުންނާއި ހާޒިރުވެއާ މިކަން އެއް ފަހަރާ ކުރަން ޖެހޭ ގޮތަށް ސިފަކުރެވިގެން" އޭނާ ވިދާޅުވިއެވެ. ވަޒީރަކުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ވޯޓު ނެގުނީ އަލަށް ނޫން ކަން ފާހަގަކުރައްވާ ރޮޒައިނާ ވިދާޅުވީ ގާނޫނޫ އަސާސީގައި އަނގަ ބަހުންނާއި ލިޔުމުން ލިޔެފައިވަނީ އެ ވަޒީރަކަށް އެ ހައްގު ފުރިހަމަ އަށް ދިނުމަށްޓަކައި ކަމަށެވެ.
ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސް ވާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 44 މެމްބަރުންގެ ވޯޓުންނެވެ. ރޮޒައިނާ ވިދާޅުވީ ވޯޓު ނަގަން އުޅެނީ ހުކުރު ދުވަހު އިދިކޮޅު ފަރާާތްތަކުން ބާއްވަން ނިންމަފައިވާ މުޒާހަރާއާ ދިމާކޮށް ކަމަށެވެ.
"ވަޒީރުންގެ ކިތަންމެ ދުވަހެއް ކޮށްފަިއ މި ވޯޓު އައި ކަމަށްވިތަސް އިރާދަކުރެއްވިއްޔާ ބަންޑާރަ ނައިބުގެ އިތުބާރު ނެތް ކަމަށް ފާހެއް ނުވާނެ" ރޮޒައިނާ ވިދާޅުވިއެވެ.
ފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަށް ޖަވާބުދާރީވުމަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމުގެ ބަދަލުގައި އޭޖީ ޖަވާބު ދެއްވީ ލިޔުމުން ކަމަށް ވާތީ އެ މައްސަލަ ކުރިޔަށް ގެންދާނެ ގޮތަކާއި މެދު ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދެން ޖެހޭ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
 
		 
										
										 
		 
		 
		 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								 ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ
														
							
								ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ								