ށ. ކޮމަންޑޫގައި 30 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ކުރުމަށް ރަޝީދު ކާޕެންޓްރީން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އާރްސީސީ)އާ ހަވާލު ކޮށްފިއެވެ.
އާރްސީސީއާ އެ މަސައްކަތް ހަވާލު ކުރުމުގެ ގޮތުން މިއަދު ވަނީ ހައުސިން މިނިސްޓްރީގައި ސޮއި ކުރުމުގެ ރަސްމިއްޔާތެއްގައި ބާއްވައިފައެވެ. އެ އެއްބަސްވުމުގައި އާރްސީސީގެ ފަރާތުން ސޮއިކުރެއްވީ ފަރާތުން ހައުސިން ޑިޕާޓްމަންޓްގެ ޑިރެކްޓަރު ޖެނެރަލް އަލްފާޟިލް އަހްމަދު ވިޝާން ނަސީމެވެ. އާރްސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްރޮޖެކްޓްސް ޑިރެކްޓަރު އަލްފާޟިލް އާދަމް ރަހީމެވެ.
މިމަޝްރޫއަށް ހަރަދު ކުރަނީ ދިވެހި ސަރުކާރުން 2022 ވަނަ އަހަރުގެ ބަޖެޓުން ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. މި މަސައްކަތުގެ އަގަކީ 40 މިލިއަން ރުފިޔާއެވެ. އަދި މި މަސައްކަތް ގާތްގަނޑަކަށް 9 މަހާއި ބައިން ނިންމަންޖެހެއެވެ.
ހައުސިން މިނިސްޓްރީން ބުނީ އެ މަޝްރޫއުގައި ހިމެނެނީ 700 އަކަފޫޓުގެ ދެ ބުރީގެ 30 ރޯހައުސް ކަމަށެވެ. ޔުނިޓެއްގައި ހިމެނޭނީ 3 ކޮޓަރ،ި 3 ފާހާނާ އާއި ސިޓިން ރޫމަކާއި ބަދިގެ އާއި ކާގޭގެ އިތުރުން ލޯންޑަރީ އަދި ސްޓޯ ރޫމެެކެވެ.
އިމާރާތުގެ ވަށާފާރާއ،ި ހައުސިން ޔުނިޓް ތަކުގައި ދިރިއުޅޭ ފަރާތްތައް ހިތްފަސޭހަ މާހައުލެއް ގާއިމް ކުރުމަށްޓަކާ ޔުނިޓްތައް ވަށައިގެން އަލިކުރެވިގެން ދާނެ ކަމަށާއި އަދި ޕާކަކާއި ވެހިކަލް ޕާކް ކުރާނެ ސަރަހައްދެއް ގާއިމް ކުރެވިގެންދާނެ ކަމަށްވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ