ނ. ހޮޅުދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެ މަސައްކަތް ފެށުމުގެ ގޮތުން ހޮޅުދޫގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ މަސައްކަތް ފައްޓަވައި ދެއްވީ އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އަލްއުސްތާޒު މޫސާ އަލީމަނިކު އާއި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ފާތިހު އަދި ހޮޅުދޫ ކައުންސިލްގެ އިސް ބޭފުޅުންނެވެ.
އެ މަސައްކަތުގެ އެއްބަސްވުމުގައި އާރްޑީސީއާ ހައުސިން މިނިސްޓްރީން ސޮއި ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 31ވަނަ ދުވަހުއެވެ.
[caption id="attachment_52323" align="alignnone" width="2048"] ނ. ހޮޅުދޫ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ / އާރްޑީސީ[/caption]
އާރްޑީސީއާ އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކަމަށް ހައުސިން މިނިސްޓްރީން އޭރު ބުނެފައިވެއެވެ.
ހަތްދިހަ އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ އަށް ހަވާލުކުރި އެ މަސައްކަތް 450 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދުއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ