ރައްޔިތުންގެ މަޖިލީހުހެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދި “ފިކުރެއްގެ ދިރުން” ފެކްޝަނުން އުފައްދަން ނިންމާފައިވާ ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" އަށް ސޮއި ކޮށްފައިވާ މެންބަރުންގެ މެމްބާޝިޕް ފޯމުތައް މާދަމާ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅަން އެޕާޓީން ނިންމައިފިއެވެ.
"ދަ ޑިމޮކްރެޓްސް" އިން މިއަދު ބުނީ މާދަމާގެ ހެނދުނު އެޕާޓީ އުފެއްދުމަށް ބޭނުންވާ މެންބާޝިޕް ފޯމު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނަށް ދާން ހަމަޖެހިފައިވާ ކަމަށެވެ. އެހެންކަމުން މިރޭ 23:00ގެ ކުރިން ހުރިހާ ފަރާތަކުންވެސް ގ.ބޮޑުފެންވަޅުގެޔަށް ފޯމުތައް ގެނެސްދިނުމަށް ވަނީ އެދިފައެވެ.
އެޕާޓީ އުފެއްދުމުގެ ހުއްދަ އީސީން ދީފައި ވަނީ މިމަހުގެ 21ވަނަ ދުވަހުއެވެ.
އެ ޕާޓީގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގެ ހުއްދަ އަކަށް އެދި ހުށަހަޅާފައި ވަނީ ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްގެ ނަމުގައެވެ. ހަސަން ލަތީފާއެކު އިލެކްޝަންސް ކޮމިޝަނަށް، “ފިކުރެއްގެ ދިރުން” ގެ އިސް ބޭފުޅުން ވަނީ ވަޑައިގެންފައެވެ.
އެހެންނަމަވެސް މި ބޭފުޅުންގެ ތެރޭގައި ރައީސް ނަޝީދު ހިމެނިވަޑައެއް ނުގަންނަވައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ