ބައިބަލާ އެސޯސިއޭޝަނުން ބާއްވާ އިންޓަރ އޮފީސް ބައިބަލާ މުބާރާތަށް އަރބަންކޯގެ ޓީމުން ތައްޔާރުވާން ފައްޓައިފިއެވެ.
އެގޮތުން އެ ޓީމުން މިހާރު ވަނީ އެ ޓީމުގެ ބައިވެރިންނާއި އެކު ޕްރެކްޓިސްތައް ފަށާފައެވެ. އާބަންކޯގެ ޓީމް އެކުލަވާލާފަ ވަނީ މީގެ ކުރިން އެސޯސިއޭޝަނުން ބާއްވާފައިވާ ބައިބަލާ މުބާރާތްތަކުގައި ވާދަކޮށް، އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ ބައިބަލާގެ ނަމުން ނަމަ މިސްޓަ ބައިބަލާގެ ޝަރަފު ހޯދާފައިވާ ގިނަ ކުޅުންތެރިންތަކަކާ އެކުގައެވެ.
އާބަންކޯ ޓީމުގެ ކޯޗުކަން ކުރަނީ ބައިބަލާގައި ތަޖުރިބާކާރު އަލީ ރިޒްވާންއެވެ.
އޮފީސްތަކުގެ މެދުގައި ބާއްވާ ބައިބަލާ މުބާރާތް އެސޯސިއޭޝަނުން ޖޫން މަހުގެ 20 ވަނަ ދުވަހު ފެށުމަށް ތައްޔާރުވެފައިވާއިރު އެ މުބާރާތް ބާއްވަނީ ހުޅުމާލޭގައެވެ. މިއީ ރާއްޖޭގައި އޮފީސްތަކުގެ މެދުގައި ބާއްވާ ފުރަތަމަ ބައިބަލާ މުބާރާތެވެ.
ބައިބަލާ އެސޯސިއޭޝަނުން ކޮންމެ އަހަރަކު އީދު ތެރޭގައި ބާއްވާ ގައުމީ ބައިބަލާ މުބާރާތްވެސް މި އަހަރު ބާއްވާފައިވަނީ ހުޅުމާލޭގައެވެ. މި ފަހަރު ހުޅުމާލޭގައި މުބާރާތް ބޭއްވި އިރު އެއީ ހުޅުމާލޭގައި އެ މުބާރާތް ބޭއްވި ފުރަތަމަ ފަހަރެވެ. އަދި އާބަންކޯ އިން ވަނީ ހުޅުމާލޭގައި ބައިބަލާ ކުޅުމަށް އެކަށީގެންވާ ފަދަ ކޯޓެއް ގާއިމްކޮށްދީފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ