ރ. މަޑުއްވަރި އަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ބޯޓެއް އަޑިއަށް ހިނގައްޖެއެވެ.
އެ ބޯޓުން 15 މީހުން ދަތުރު ކުރިއެވެ. "އާލާ" ނަމަކަށް ކިޔާ އެ ބޯޓު އަޑިއަށް ދިޔައީ މާލެ އިން ފުރައިގެން މަޑުއްވަރި އަށް ދަތުރު ކުރަމުން ދަނިކޮށް ކަމަށް "މަޑުއްވަރި މަސްވެރިން" ގެ ނަމުގަިއ ހިންގަމުން އަންނަ ފޭސްބުކް ޕޭޖުގައި ބުނެފައިވެއެވެ.
ބޯޓު އަޑިއަށް ދިޔައީ ރާޅެއް އަރައިގެން ބޯޓު ދިޔަވުމުގެ ސަބަބުން ކަމަށް އެ ޕޭޖުގައި ބުނެފައިވެއެވެ. އެ ބޯޓުގައި ތިބި މީހުން ކޯސްޓުގާޑުގެ އެހީގައި ބ. އޭދަފުއްޓަށް ވަނީ ގެންގޮސްފައެވެ. އަދި ބޯޓުން ދިޔަ ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް އާއި ބ. އަތޮޅުގެ ދޯންޏަކުން ކުރަމުން އަންނަ ކަމަށްވެސް އެ ޕޭޖުގައި ބުނެފައިވެއެވެ.
އެ ޕޭޖުން މިއަދު ތަންކޮޅެއް ކުރިން ހިއްސާ ކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ބޯޓު ދިޔަވުމުގެ ސަބަބުން ބޯޓުގެ ފަހަތްކޮޅު އެއްކޮށްހެން ވަނީ އަޑިއަށް ގޮސްފައެވެ. ނަމަވެސް ފަހުން ފެނުނު ފޮޓޯތަކުން ފެންނަ ގޮތުގައި އެ ބޯޓު އެއްކޮށް ކަހަލަ ގޮތަކަށް ވަނީ އަޑިއަށް ގޮސްފައެވެ. ފެނުން މައްޗަށް ފެންނަން ހުރީ ހަމައެކަނި ބޯޓުގެ ދިރުނބާކޮޅު އެކަންޏެވެ.
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި