މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ޓިކެޓު އަރުވާފައިވާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިންގެ ދެ މެނޭޖަރުން ކަނޑައަޅުއްވާ ލިޔުން ހަވާލު ކުރައްވައިފިއެވެ.
އެގޮތުން ރޭ ލިޔުން ހަވާލު ކުރެއްވި ދެބޭފުޅުންނަކީ މުހައްމަދު އަމީން (ކެޕްޓަން އަމީން) އަދި ނާޒިމެވެ. މީގެތެރެއިން އަމީނަކީ ކެމްޕެއިން މެނޭޖަރެވެ. ކެމްޕެއިން މެނޭޖަރުގެ ނާއިބަކަށް ކަނޑައެޅުއްވީ ނާޒިމެވެ.
އެ ދެ ބޭފުޅުންނަށް މަގާމްގެ ލިޔުން ހަވާލުކޮށްދެއްވީ ޕީޕީއެމް، ޕީއެންސީ ކޯލިޝަން ހިންގުމާ ހަވާލުވެހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) އެވެ.
ނާޒިމަކީ ޔާމީން ސަރުކާރުގައި އެންމެ ފަހުން ހެލްތު މިނިސްޓަރުކަން ވެސް ކުރެއްވި ބޭފުޅާއެވެ. އަދި އަމީނަކީ މޯލްޑިވިއަންގެ ކުރީގެ ފްލައިޓް އޮޕަރޭޝަންސް ޑިރެކްޓަރުގެ މަގާމް ފުރުއްވާފައި ބޭފުޅާއެވެ.
ޔާމީންގެ ކެމްޕެއިން މެނޭޖަރުން ކަނޑައެޅުއްވިއިރު މިވަގުތުވެސް އެމަނިކުފާނު ހުންނެވީ ޖަލު ހުކުމެއް ތަންފީޒު ކުރެއްވުމުގައެވެ.
އެއީ ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިން ކުށުގެ ދައުވާ ސާބިތުވުމުންނެވެ. އެހެންކަމުން މިވަގުތު ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭނެތޯ ނުވަތަ ނުކުރެވޭނެތޯ މިއީ ގިނަ ބަޔަކު އުފައްދަމުން އަންނަ ސުވާލެކެވެ.
އިދިކޮޅުން ޔަގީންކަމާއެކު ބުނަމުން އަންނަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޔާމީންގެ ނަން ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ