ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ، ހުންނަވާއި އުފައްދާ ދަ ޑިމޮކްރެޓްސް އުފައްދަން އިލެކްޝަން ކޮމިޝަންއާ މިއަދު ހުށަހަޅައިފިއެވެ.
ދަ ޑިމޮކްރެޓްސް އަށް އުފެއްދުމުގެ ހުއްދަ އީސީން ދީފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ.
ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް (ހަސަންކޮ) އަށެވެ. ފޯމްތައް އިލެކްޝަނަށް ހަވާލުކުރުމަށް ފަހު މީޑީއާތަކާއި ވާހަކަ ދައްކަވަމުން ހަސަންކޮ ވިދާޅުވީ މިއަދު ހުށަހެޅި ފޯމްތައް ވެރިފައިކޮށް ދިނުމަށް ފަހު ޕާޓީ އުފައްދަން ބާއްވާ ޖަލްސާ ބޭއްވުމަށް ހުއްދަ ދިނުމަށް އީސީގައި އެދިފައިވާނެ ކަމަށެވެ.
"ރަޖިސްޓްރޭޝަން ޕްރޮސެސް އަަވަސްކޮށް ދިނުމަށް ވާނީ ދަންނަވާފައި. އަޅުގަނޑުމެން މި ހުށަހެޅީ 3560 ފޯމް. އެއީ ރަޖިސްޓްރޭޝަނަށް ބޭނުންވާ 3000 ފޯމް. ޓާގެޓްކުރީ 3500 ފޯމަށް. އެހެން ނަމަވެސް މިއަދު ހެނދުނު 500 ފޯމް ލިބުނިމީ އެއާ އެކީގައި ހުށަހެޅީ" ހަސަންކޮށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހަފްތާއެއްގެ ތެރޭގައި 3000 މެމްބަރުން ހަމަކުރެވުނީ ޕާޓީއަށް މެމްބަރުން ހޯދަން ރަށްރަށަށް ދަތުރުތަކެއް ކޮށްގެން ނޫން ކަމަށެވެ.
"ހަމައެކަނި އެ ރަށްރަށުގެ އަޅުގަނޑުމެންނަށް ތާއިދުކުރާ މީހުންގެ ތާއިދު ހޯދުމަށް އަދި އެ ބޭފުޅުންގެ ބައިވެރިވުން މީގައި މުހިއްމު ކަމަކަށްވާތީވެ އެ ރަށްރަށުން ފޯމް ފުރައިގެން އަޅުގަނޑުމެން ހުށަހަޅާފައިވާނީ" އޭނާ ވިދާޅުވިއެވެ. ހަސަންކޮށް ވިދާޅުވީ އެ ހުރިހާ ފޯމްތައް ހުށަހަޅާފައިވަނީ އެ ޕާޓީ ތެރެއިން "ވެރިފިކޭޝަން" ޕްރޮސެސްއެއް ހިންގުމަށް ފަހު ކަމަށެވެ.
"ހަމަ ފޯމްތަކެއް ހޯދާފައި އިލެކްޝަންސްއަށް ގެނެސް އަޅާލީއެއް ނޫން،”
 
		 
										
										 
		 
		 
		 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								 ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ
														
							
								ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ								