އަމިއްލަ އަށް ހަދާފައިވާ ބަޑިތަކެއް ގެންގުޅުނު މީހެއްގެ މައްޗަށް ކުށް ސާބިތުވިޔަސް، ހުކުމަށް ވުރެ ދިގު މުއްދަތެއް ބަންދުގައި ހޭދަކުރުމުން އިއްޔެ އޭނާ މިނިވަންވެއްޖެ އެވެ.
ސެޕްޓެމްބަރު، 2013 ގައި މާލެ ގެއަކާއި ވޯކްޝޮޕަކުން، އަމިއްލަ އަށް ހަދާފައިވާ ބަޑިތަކެއް ފެނުނު މައްސަލާގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރީ ދަފްތަރު ނަމްބަރު 7102 ހަސަން ނަސީމާއި ލ. ގަމު ހިމާޔަތް، މޫސާ ޔޫސުފްގެ މައްޗަށެވެ.
ކުށް ސާބިތުވީ ހަސަން ނަސީމްގެ މައްޗަށެވެ.
ނަސީމްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރިޔަސް، ގާނޫނަށް އައިސްފައިވާ ބަދަލާ އެކު އެ ކުށް މިހާރު ފެތެނީ ގާނޫނުލް އުގޫބާތުގެ 711 ވަނަ މާއްދާގެ ދަށުން ބަޑި ގެންގުޅުމުގެ ކުށަށް ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ނިންމި އެވެ.
އެ ކުށުގައި އޭނާ ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން އިއްޔެ ހުކުމް ކުރި އެވެ. ނަމަވެސް ތިން އަހަރަށް ވުރެ ގިނަ ދުވަހު އޭނާ ބަންދުގައި ހޭދަކޮށްފައިވާތީ އޭނާ ތަންފީޒު ކުރަންޖެހޭ އިތުރު ހުކުމެއް ނެތް ކަމަށް ކޯޓުން ނިންމި އެވެ.
އޭރު އަމަލުކުރި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ހަތިޔާރު ގެންގުޅުމުގެ ކުށުގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވިޔަސް، ގާނޫނުލް އުގޫބާތުގައި ބަޑި ގެންގުޅުމުގެ އަދަބު އެއަށް ވުރެ ކުޑަ އެވެ.
ކޯޓުން ބުނީ މޫސާ ޔޫސުފާ އެތަކެއްޗާ ގުޅުވޭނެ ހެއްކެއް ނެތުމުން އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ