ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ތެރެއަށް ވެއްޓިފައި އޮތް ބަންގްލަދޭޝްގެ ފައިސާތަކެއްގެ ވެރި ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ''ތައި އެކްސްޕްރެސް'' ފުޑްކޯޓު ކުރިމަތީގައި ހުރި މޭޒެއްގެ ކައިރިއަށް ވެއްޓިފައި އޮތް ފިޔާތޮށި ކުލައިގެ ޓިޝޫ ޕެކެޓަކަށް ލާފައި ހުރި 10،000 ޓާކާ މެއި 19 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެއާޕޯޓު ޕޮލިހާ ހަވާލުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ ފައިސާގެ ވެރިފަރާތުން، އެއާޕޯޓު ޕޮލިހުގެ ނަމްބަރު 9968024 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް އެއާޕޯޓު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ފައިސާއާ ހަވާލުވުމަށް އެދޭ ކަމަށެވެ.
ދިހަހާސް ޓާކާ އަކީ 1428.30 ދިވެހި ރުފިޔާއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ