ތ. ގާދިއްފުއްޓާއި އައްޑޫ ސިޓީ ފޭދޫ ބަނދަރު އަޕްގްރޭޑު ކުރުމުގެ މަސައްކަތް ސަރުކާރުގެ ކުންފުނި އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އެމްޓީސީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. ހައުސިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.
ގާދިއްފުށީގެ ބަނދަރު އަޕްގްރޭޑު ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 85 މިލިއަން ރުފިޔާ އަށެވެ. އެ މަސައްކަތް 580 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ. ފޭދޫގެ ބަނދަރު އަޕްގްރޭޑު ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 79.8 މިލިއަން ރުފިޔާ އަށެވެ. އެ މަސައްކަތް 580 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.
ގާދިއްފުށި ބަނދަރު އަޕްގްރޭޑު ކުރުމުގެ ބައެއް މަސައްކަތް:
- 47،243 ކޮޑިމީޓަރުގެ ވެލި ބަނދަރުތެރެއިން ކޮނެގެން ނެގުން
- 12،355 ކޮޑިމީޓަރުގެ ވެލި ނެރުތެރެއިން ކޮނެގެން ނެގުން
- 227 މީޓަރުގެ ބޮޑުހިލަ ރިވެޓްމަން ޖެހުން
- 289 މީޓަރުގެ ބޮޑުހިލަ ސޭންޑް ފިލްޑް ބްރޭކްވޯޓަރ ޖެހުން
- 252 މީޓަރުގެ އެލ-ްބްލޮކް ސޭންޑް ފިލްޑް ބްރޭކްވޯޓަރ ޖެހުން
ފޭދޫ ބަނދަރު އަޕްގްރޭޑު ކުރުމުގެ ބައެއް މަސައްކަތް:
- 157 މީޓަރުގެ ރިވެޓްމަންޓު
- އެކްސެސް ޕްލެޓްފޯމް
- 35 ބަނދަރު ބައްތި
- 2040 ސްކުއާ މީޓަރުގެ ކޮންކްރީޓް ޕޭމަންޓު
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ