ކ. ދިއްފުށީގެ ބިން ހިއްކުމާއި ރަށް ގިރުމުގެ މައްސަލަ އަށް ހައްލެއް ގެނައުމަށް ސަރުކާރުގެ ކުންފުނި އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ހަތަރު ސަތޭކަ ފަންސާސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭ އެ މަޝްރޫއުގެ އަގަކީ 169.9 މިލިއަން ރުފިޔާއެވެ.
ހައުސިން މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން ދިއްފުށީފައި 22.97 ހެކްޓަރުގެ ބިން ހިއްކުމާއި ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 710 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓު ޖެހުން އޮންނާނެ ކަމަށެވެ.
މީގެއިތުރުން 670 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ގާއިމް ކުރެވިގެން ދާނެ ކަމަށާއި އަދި 270 މީޓަރު ބޮޑުހިލައިގެ ގްރޮއިން އާއި 300 މީޓަރު ގެ ރިވެޓްމަނޓް މަރާމާތު ކުރެވިގެންދާނެ ކަމަށްވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.
އެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. ހައުސިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ