އައްޑޫ ސިޓީގެ މަރަދޫ ފޭދޫގެ ގެއެއްގެ ތެރޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަހަމްކޮށްލި މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފިއެވެ.
އިއްޔެ ފުލުހުން ބުނީ އެ ހާދިސާ ހިނގިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިދިޔަ ބުދަ ދުވަހުގެ ރޭގެ 23:38 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެ ހާދިސާގައި އަނިޔާވީ 27 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
ފުލުހުން ބުނީ އޭނާ މަރުވީ ލިބުނު ޒަހަމްތަކަށް އައްޑޫ ސިޓީ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.
އެ މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ 25 އަހަރުގެ މީހެކެވެ، އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ