ރާއްޖެ އާއި މޮރީޝަސްއާ ދެމެދު ފުށުއަރާ އިމުގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ނިންމިއިރު ދިވެހި ކަނޑުގެ ބައެއް ގެއްލިފައިވާ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި އަދިވެސް ސަރުކާރާ ދެކޮޅު ޕާޓީތަކުން ބާއްވަން ނިންމާފައިވާ ހަރަކާތުގައި ގާނޫނާ ހިލާފު އަމަލު ހިންގަން ރާވާކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މިރޭ އޮންނަ ހަރަކާތުގައި ބައިވެރިވުމަށް ރަށްރަށުން ވެސް މީހުން އަންނަ ކަމަށެވެ. އަދި އެ ހަރަކާތުގައި ބައިވެރިވާ ބައެއް ފަރާތްތަކުން ގާނޫނާ ހިލާފު އަމަލު ހިންގަން ރާވަމުން އަންނަ ކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެހެންކަމުން ފުލުހުން ވަނީ އެ ހަރަކާތުގައި އާއްމު ސުލްހަ އަށް ބުރޫ އަރާނެ އެއްވެސް ކަމެއް ނުކުރުމަށާއި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކުރާ ހަމަތަކުގެ މަތިން އެ ހަރަކާތް ކުރިޔަށް ގެންދިއުމަށް އިލްތިމާސް ކުރައްވާފައެވެ.
"ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކުރާ ހަމަތަކުގެ މަތިން ކުރިއަށް ގެންދިއުމަށާއި ގާނޫނާ ހިލާފު އެއްވެސް އަމަލެއް ނުހިންގުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސް ކުރަން،" ފުލުހުންގެ ބަޔާނުގައިވެއެވެ.
މި ހަރަކާތުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދަމުން އަންނަ ސިޔާސީ ޕާޓީއެއް ކަމަށްވާ ދަ ޑިމޮކްރެޓްސް އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ އިތުރުން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ކުރީގެ ބަންޑާރަ ނާއިބު ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ