ފޯޅަވަހި މައްސަލާގައި ސަރުކާރާއި ދެކޮޅު ހުރިހާ ސިޔާސީ ފަރާތްތަކެއް ގުޅިގެން ފެށި މަސައްކަތަކީ ފެށުމެއް ކަމަށާއި އެ މަސައްކަތް ނިންމާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ބަދަލު ކޮށްފައި ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ލީޑު ކުރައްވަމުން މިވަގުތު ގެންދަވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
ފޯޅަވަހި މައްސަލާގައި އިދިކޮޅު ސިޔާސީ ފަރާތްތަކުން ގުޅިގެން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި "ބާނަ ބާނަ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" މި ޖަލްސާގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ދިވެހި މަސްކަނޑުން ގެއްލުނު ބައި ދިވެހިންނަށް ހޯދޭނީ ވެރިކަން ބަދަލު ކޮށްގެން ކަމަށެވެ. އަދުރޭ ފާހަގަކުރެއްވި ގޮތުގައި އިދިކޮޅު ހުރިހާ ފަރާތްތަކުން "ގުޅިގެން" ރައީސް ސޯލިހުގެ ސަރުކާރު ބަދަލުކުރައްވާނެ ކަމަށެވެ. އަދި ދިވެހި ކަނޑުން ގެއްލިގެން ދިޔަ ބައި ދެން އަންނަ ސަރުކާރެއްގައި ހޯދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
[caption id="attachment_52422" align="alignnone" width="1024"] ފޯޅަވަހި ކޯޅިޝަނުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) އަދި އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް -- ހަތާވީސް ފޮޓޯ / އާދަމް ނަޒީރު[/caption]
ސިޔާސީ އެކި ފިކުރުގެ ބޭފުޅުން ފޯޅަވަހި މައްސަލާގައި އެއްގަލަކަށް އަރައިގެން ތިއްބެވީތީ އޭނާ ވަނީ ސިޔާސީ ބޭފުޅުންނަށް ސާބަސް ދަންނަވާފައެވެ. އަދުރޭ ވިދާޅުވީ ސިޔާސީ ފިކުރު ތަފާތުވި ނަމަވެސް ހުރިހާ ބޭފުޅުން އެއްގަލަކަށް އެރީ ގައުމީ މަސްލަހަތު އިސް ކުރައްވައިގެން ކަމަށެވެ.
"އިބްރާހީމް މުހައްމަދު ސޯލިހަށް ދަންނަވާލަން ބޭނުންވަނީ ހަމަ ހިލާ ތިޔަހެން ނުހެދޭނޭ... ހަމަ ހިލާ ތިޔަހެން ނުހެދޭނޭ... މަނިކުފާނުގެ ވެރިކަން އަޅުގަނޑުމެން ނިމުމަކަށް ގެންނާނަމޭ،" އަދުރޭ ވިދާޅުވިއެވެ.
"މި ހުރިހާ ބޭފުޅުންނަށް އެއްބަސް ކިޔޭ ދެ ކަމެއް އަޅުގަނޑަށް މިރޭ ފެނިއްޖެ. އެއްކަމަކީ ދިވެހިރާއްޖޭގެ ކަނޑުން މި ގެއްލުވާލި މި ވިއްކާލި ބައި އަލުން އަނބުރާ ހޯދުން. އެކަމުގައި އަޅުގަނޑުމެންނަށް އެއް ވާހަކައެއް އެބަ ދެއްކޭ. ދެވަނަ ކަމަކީ މި ޣައްދާރުންގެ ވެރިކަން ނިންމުން،" އަދުރޭ ވިދާޅުވިއެވެ.
އޭނާގެ ވާހަކަފުޅުގައި ރައީސް ސޯލިހާއި ފޮރިން މިނިސްޓަރު ޝާހިދު އަދި ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު އަކީ "ބޮޑެތި ޣައްދާރުން" ކަމަށް ވަނީ ސިފަ ކުރައްވާފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ