މާލޭގައި މާރާމާރީ ހިންގަން އުޅުނު ބަޔަކު ފުލުހުން ހުއްޓުވައިފިއެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނެފައިވަނީ ރޭ 23:25 ހާއިރު މަޖީދީމަގު ޑައިނަމޯ ކައިރީގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރި ހިންގަން އުޅުނު ބަޔަކު ހުއްޓުވާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މާރާމާރި ހިންގަން އުޅުނު ބައެއް މީހުން ފިލާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެތަނުން ދެ މީހުން ފިލާފައިވަނީ އެމީހުން ދުއްވި ސައިކަލު އެތަނަށް ދޫކޮށްލާފައި ކަމަށްވެސް ފުލުހުން ބުންޏެވެ. އެ ދެ ސައިކަލު ފުލުހުން ވަނީ ޓޯ ކޮށްފައެވެ.
އެ މާރާމާރި ހިންގަން އުޅުނު މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނެފައިވަނީ މި މައްސަލަ ތަހުގީގު ކުރަމުން ގެންދާކަމަށެވެ.
މައްސަލަ ހައްލުކުރަން ފައްޔާޒުކުރި މަސައްކަތަށް ނަޝީދުގެ ޝުކުރު
މައްސަލަ ހައްލުކުރަން އެމްޑީޕީ ގައުމީ މަޖިލިސް ކުއްލި ބައްދަލުވުމެއް
އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރުން އަންނަ މަހު 17ގައި
އަޑިއަށްދިޔަ ބޯޓުން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ
ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެއްޖެ