ސިނަމާލެ ބްރިޖުން ދަތުރުކުރަމުންދިޔަ ޓެކްސީއެއްގައި އަލިފާން ރޯވެއްޖެއެވެ.
މި ހާދިސާ ހިނގީ މިއަދު ހަވީރު 4 ޖެހިފަހުން މާލެއިން ހުޅުމާލެއަށްދާ ބްރިޖު ލޭނުގައެވެ. އެއާޕޯޓަށް ޓްރެފިކް ލައިޓް ކައިރިން، އެ ކާރުގައި އަލިފާން ރޯވިއިރު، ޑްރައިވަރާ އެކު ކާރުގައި ތިން މީހުން ތިއްބެވެ.
ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.
ކާރުގައި އަލިފާން ރޯވުމުން، ބްރިޖުގެ ދަތުރުފަތުރަށް ހުރަސް އެޅުނެވެ. އެގޮތުން ބްރިޖުން މާލެއިން ހުޅުމާލެއަށްދާ ލޭނުގައި ގިނަ ބަޔަކަށް ކުރިއަށް ނުދެވި ހުއްޓިފައި ގިނަ އިރުތަކެއް ވަންދެން ތިބެންޖެހުނެވެ.
ކާރުގައި ރޯވި އަލިފާން ނިއްވާލީ ފުލުހުންނާއި ސިފައިންގެ މަސައްކަތުންނެވެ.
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި