ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އައްޑޫ ސިޓީ އަށް ވަޑައިގަތުމުން އެމަނިކުފާނަށް އައްޑޫގެ ރައްޔިތުން ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
މިއީ މިފަހުގެ ތާރީހެއްގައި އައްޑޫ އިން ރައީސުލްޖުމްހޫރިއްޔާ އަކަށް ދިން އެންމެ ހޫނު މަރުހަބާއެވެ.
އެގޮތުން ރައީސް ސޯލިހް އައްޑޫ ސިޓީ އަށް ވަޑައިގެން އެންމެ ފުރަތަމަ ވަޑައިގަތީ އައްޑޫ ސިޓީ ބިން އިތުރު ކުރުމަށް ބޭއްވި ހަފްލާ އަށެވެ.
މަރަދޫގައި އޮތް އެ ހަފްލާ އަށް އެރަށަށް ރައީސް ވަޑައިގަތުމުން ގިނަ އަދަދެއްގެ އާއްމުން ވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ބިން އިތުރު ކުރުން އިފްތިތާހް ކުރުމުގެ ހަފްލާ އޮތް ސަރަހައްދަށް އެއްވެފައެވެ. އެ ހުރިހާ ބޭފުޅުންނާއި ސަލާމް ކުރުމަށް ގާތްގަނޑަކަށް ގަޑިއިރެއްހާއިރު ވަންދެން ކުރިޔަށް ދިޔައެވެ.
މި ދަތުރުފުޅުގައި އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް ރައީސް ސޯލިހް ވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅުގައި އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ