އައްޑޫ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފައްޓަވައިދެއްވައިފިއެވެ.
އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު، ރައީސް ފައްޓަވައިދެއްވީ އައްޑޫ މަރަދޫގައި ހިއްކަން ފަށާފައިވާ ސަރަހައްދުގައި އެކަމަށް ހާއްސަކޮށްގެން މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ.
އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ އެހީގައި ހިންގާ 34 މަޝްރޫއުގައި ދަށުން 194.3 ހެކްޓަރުގެ ބިން ހިއްކަން ވަނީ ނިންމާފައެވެ.
[caption id="attachment_52458" align="alignnone" width="1024"] އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ރައީސް ފައްޓަވައިދެއްވަނީ[/caption]
އެ މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގެ ފޭދޫ ފިޔަވާ އައްޑޫގެ އެހެން އަވަށްތައް އެކުލެވޭ ގޮތް ޖުމްލަ 194.3 ހެކްޓަރިގެ ބިން ހިއްކާނެއެވެ. އެ މަޝްރޫއު އަށް ޖުމްލަ 1.3 ބިލިއަން ރުފިޔާ ހޭދަވާނެއެވެ.
މަޝްރޫއުގެ ދަށުން 11 ކިލޯމީޓަރު ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރާނެއެވެ. ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކުމާއި ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކާއި އެ ރަށުގެ ފަޅު ތެރެއިން ޓޫރިޒަމްގެ ބޭނުމަށް ފަސް ހެކްޓަރުގެ ދެ ރަށް ހިއްކުމަށް ވަނީ ނިންމާފައެވެ.
އައްޑޫގެ ބިން ހިއްކުން ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ ވެން އޫޑް ޑްރެޖިންއާ ހަވާލު ކޮށްފައިވަނި މިދިޔަ މާޗު މަހުގެ 27ވަނަ ދުވަހުއެވެ. އެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމާލަން ޖެހެއެވެ. އެ މަސައްކަތުގެ ދަށުން ބިން ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް ކުރިޔަށް ދާނެއެވެ.
 
		 
										
										 
		 
		 
		 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								 ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ
														
							
								ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ								