ދުނިޔެއަށް ހުޅުވައިލެވޭ ވަރުގަދަ ސިޓީއަކަށް އައްޑޫސިޓީ ބަދަލުކުރުމަކީ، މާޒީގެ ތެރެއިން ތަކުރާރުކޮށް އިވުނު ދިގުލީ އަޑެއް ކަމަށާއި އެ އަޑު މަޑު ކުރުމަށްފަހު ސަރުކާރުން އެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ އަށް ވަޑައިގެން އެ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއު އިފްތިތާހު ކޮށްދެއްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިއަދު އޮތީ ފެންނަ އަމަލީ މަންޒަރު ދެކި، އެކަމަށް ހެކިވުން ކަމަށެވެ. އަދި މިއަދަކީ، ތަރައްގީގެ ހެޔޮ ފާހަގަ ފެށޭ، އައްޑޫ ސިޓީގެ ބިމަށް ތަރައްގީގެ ހެޔޮ ބަދަލު އަމަލީގޮތުން އައުމުގެ ދުވަސް ކަމަށެވެ.
"އައްޑޫ ސިޓީގެ މި ބިމަށް ތަރައްގީގެ ހެޔޮ ބަދަލު ޢަމަލީގޮތުން އައުމުގެ ދުވަސް. އިންސާނީ ހައްގާއި، ޑިމޮކްރަސީއާއި، ހެޔޮވެރިކަމުގެ ބަދަލަކީ، ފަހުގެ ތާރީހުގައި ރާއްޖެ ފުރޮޅުނު އެންމެބޮޑު އިންގިލާބު. އެ މަފްހޫމް އެންމެ ފުރަތަމަ ފަހުމްވި ރައްޔިތުންގެ ތެރޭގައި އައްޑޫ ސިޓީ ހިމެނޭ" ރައީސް ވިދާޅުވިއެވެ.
"އައްޑޫ ސިޓީއަށް ބަދަލު އަންނާނީ، އައްޑޫގެ ބިމުގެ ބައްޓަން ބަދަލުކޮށްގެންކަން އަބަދުވެސް އެނގޭ. މިއަދު ތިޔަބޭފުޅުން ތިޔަ ދެކެވަޑައިގަންނަވަނީ އޭގެ އަމަލީ މަންޒަރު. އައްޑޫގެ ތާރީހުގައި ހިންގޭ ބިމާގުޅޭ އެންމެބޮޑު މަޝްރޫއު މިހާރު އެވަނީ މެކުހަށް ޖަހާފައި" ރައީސް ވިދާޅުވިއެވެ.
https://twitter.com/presidencymv/status/1664983526767497217
ރާއްޖޭގެ ފަތުރުވެރިކަން 50 އަހަރު ފަހަނައަޅައިދިޔައިރު، ދިވެހި ފަތުރުވެރިކަމުގެ ފުނަށް ބަދަލުވާން ފަށާފައިވާ ކަމަށާއި ރިއަލް އެސްޓޭޓް އަދި އިންޓަގްރޭޓެޑް ޓޫރިޒަމަކީ ފަތުރުވެރިކަން، ގޭގެ ދޮރުގައި ޓަކިޖަހާނެ ސަބަބު ކަމަށް ވިދާޅުވިއެވެ.
"ހަންކެޑެއަކީ ރައްޔިތުންނަށް ހިއްސާވެވޭ މިބާވަތުގެ ފަތުރުވެރިކަމަށް އެންމެ އެކަށޭނަ އައްޑޫ ސިޓީގެ ސަރަޙައްދު"
ޓޫރިޒަމްގެ ނަފާ، އައްޑޫ ސިޓީގެ ރައްޔިތުންނަށް ފަހިވާންޖެހޭނެ ކަމަށާއި އެކި ފަންތީގެ ފަތުރުވެރި ވަސީލަތްތަކަށް ފަހިވާގޮތަށް، ހަންކެޑެ ފަރުމާކޮށް ތަރައްގީ ކުރާނީ، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުންކަމަށް ވިދާޅުވިއެވެ.
"އެއީ، އިންޓަރގްރޭޓެޑް ރިޒޯޓް، ސިޓީ ހޮޓާ، ގެސްޓްހައުސް އަދި ވޯޓާ ވިލާ އެކުލެވޭނެ ވަށާޖެހޭ ޕްރޮޖެކްޓެއް. މިހާރު ވަނީ އެ މަޝްރޫއު ފެށުމުގެ މަރުޙަލާގައި. މުޅި މަޝްރޫއު އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމައިލެވޭނެ"
https://twitter.com/presidencymv/status/1664983526767497217
ހަންކެޑެ މަޝްރޫއުގެ ތެރެއިން އައްޑޫ ސިޓީގެ އެހެން ރަށްތަކަށް، ޖުމްލަ 600 ޓޫރިސްޓް އެނދު އިތުރުވާނެއެވެ. އެއީ ޖުމްލަ 2682 އެނދު އިތުރުވެގެންދާނެ މަޝްރޫއެއް ކަމަށާއި މަޝްރޫޢުތައް ނިމޭއިރު، ޖުމްލަ 7000 ޓޫރިސްޓް އެނދު އައްޑޫސިޓީގައި އޮޕަރޭޓް ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
އައްޑޫ ޝަންގްރިއްލާ ހިންގުމަށް އެޅޭ ކޮންމެ ހުރަހެއް ނައްތައިލުމަށް ރައީސް ހުންނެވީ ތައްޔާރަށެވެ. "އެފަރާތާއެކު އޮތް ޒަމާންވީ ސަރުކާރުގެ ޙިއްޞާ ދެމެހެއްޓުމަކީ އޮތް ހުރަސް ކަމުގައި ވުމަކަށް އަޅުގަނޑު ނުހަދާނަން" ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
 
		 
										
										 
		 
		 
		 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								 ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ
														
							
								ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ								