ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ އައްޑޫގެ ފަހުރަކަށް ވުމަށް އައްޑޫ ސިޓީގެ ރައްޔިތުން އެދިވަޑައިގަންނަވާ ވަރަށް އެމަނިކުފާނުވެސް އެކަން އެގޮތަށްވާން އެދިލައްވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ އަށް މިހާރު ކުރިޔަަށް ގެންދާ ދަތުރުފުޅުގައި އެމަނިކުފާނު މިއަދު ހަވީރު ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވައިފައެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު 10 އަހަރުން ދެގުނަކުރުމަށްޓަކާ ސަރުކާރުން މިހާރު ކުރިއަށް ގެންދަމުން ދަނީ އިންގިލާބީ މަޝްރޫއުތަކެއް ކަމަށެވެ.
“މިއީ ޒަމާނީ ހުރިހާ ވަސީލަތްތަކާއެކު އަހަރަކު 1.5 މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދެވޭގޮތަށް ތަރައްގީކުރެވޭ ބައިނަލްއަގުވާމީ އެއާޕޯޓެއް. މި މަޝްރޫޢުއަކީ ދިވެހިރާއްޖެއާ އިންޑިއާ ދެމެދުއޮތް ޒަމާންވީ ގުޅުން ރަމްޒުކޮށްދޭ މަޝްރޫއުއެއް،” ރައީސް ވިދާޅުވިއެވެ.
އައްޑޫ ސިޓީ އަށް 7000 ޓޫރިސްޓް އެނދު އަންނާނެ ކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ ފަތުރުވެރިކަން ފުޅާވުމަކީ އެއާ ގުޅޭ އެހެން ކިތަންމެ ވިޔަފާރިއަކާ ވަޒީފާގެ ފުރުސަތު ފުޅާވެ އިތުރުވާނެ ކަމެއް ކަމަށެވެ.
”އޭގެ ސަބަބުން މިތަނުގައި ހިނގާ މުދަލުގެ މުޢާމަލާތު އިތުރުވާނެޒ މިއެއާޕޯޓު ފަރުމާ ކޮށްފައި އެވަނީ މިކަން ކަމަށް ރިއާޔަތް ކޮށްގެން. ބޭނުންވާ ކޯލްޑް ސްޓޯރޭޖާއި، ކާގޯ ފެސިލިޓީގެ ޚިދުމަތްތަކަށް ވިސްނައިގެން،” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރަޙައްދީ އިގްތިސޯދީ ނާރެހެއްގެ ގޮތުގައި އައްޑޫ ސިޓީ ތަރައްގީ ކުރުމަކީ މުޅިރާއްޖޭގެ ތަރައްގީ ބޭނުންނަމަ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
”އަޅުގަނޑުމެން މިކުރަނީ އެމަސައްކަތް މިދެންނެވި މަގުސަދު ހާސިލު ކުރުމަށްޓަކާ ކުރަންޖެހޭ ކަންކަމުގެ ލިސްޓްގެ ނަމްބަރު އެކެއް ގައިވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓު،” ރައީސް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ