ރ. އަތޮޅުގެ ދެކުނު ބިތުގައި އެޅުމަށް ނިންމާފައިވާ އެއާޕޯޓުގެ މަސައްކަތް ކުރައްވަން ނިންމެވި ރަށް ރައީސް ސޯލިހް އިއުލާން ކުރައްވައިފިއެވެ.
އައްޑޫ ސިޓީ އަށް މިހާރު ކުރިޔަަށް ގެންދާ ދަތުރުފުޅުގައި އެމަނިކުފާނު މިއަދު ހަވީރު ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވައިފައެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެއްގަމާ ކަނޑާ ވައިގެ ވިއުގަ އަކުން މުޅިރާއްޖެ ގަތާލެވިގެން މެނުވީ އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ނުހޯދޭނެ ކަމަށެވެ. އެހެންކަމުން ވައިގެ މަގުން ރާއްޖެ ގުޅާލުމުގެ މަސައްކަތް މުޅި ރާއްޖޭގައި ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.
”މިމަސައްކަތުގެ ތެރެއިން ރ. އަތޮޅު ދެކުނުބިތަށް އިތުރުކުރެވޭ އެއާޕޯޓު އަޅާނީ އެއަތޮޅު ބެރިޔަންފަރުގައި،” ރައީސް ވިދާޅުވިއެވެ.
ބެރިޔަންފަރު އޮންނަ ސަރަހައްދުގައި މީހުން ދިރިއުޅޭ 22 ރަށެއް އޮވެއެވެ.
ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ސަރުކާރުން ކުރަމުން ގެންދާ ކޮންމެ ކަމަކީ ދެމެހެއްޓެނިވ ިގޮތަށް މދިވެހިރާއްޖެ ތަރައްގީ ކުރުމަށް ކުރާމަސައްކަތްތަކެއް ކަމަށް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ