އުމުރުން ދުވަސްވީ މީހުންނަށް މިހާރު ދެމުން އަންނަ އެލަވަންސަށް ބަދަލު ގެނައުމުގެ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ އަށް މިހާރު ކުރިޔަށް ގެންދާ ދަތުރުފުޅުގައި މިރޭ އައްޑޫ ސިޓީ ހިތަދޫ ސިޓީ ސްކުއާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް މިހާރު ދެމުން އަންނަ އެލަވަންސް ބޮޑުކޮށް އެކަން ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށެވެ.
ދެން އޮތީ އުމުރުން ދުވަސްވީ މީހުންނަށް މިހާރު ދެމުން އަންނަ އެލަވަންސް ބޮޑު ކުރުން ކަމަށާއި އެކަމާއި ގުޅޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
”އިރާދަކުރެއްވިއްޔާ އެކަމަށް [އުމުރުން ދުވަސްވީ މީހުންނަށް ދެމުން އަންނަ އެލަވަންސް] ވެސް ވަރަށް އަވަހަށް ހެހޮ ބަދަލެއް އަންނާނެ،” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ މެނިފެސްޓޯ އަށް ގެންނާނެ ކުދިކުދި ބަދަލުތައް ކަމަށެވެ. އެހެންކަމުން އައްޑޫ ސިޓީގެ ރައްޔިތުން ވެސް ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ވިސްނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ދެމުން އަންނަ އެލަވަންސް ބޮޑު ކުރުމަށް ރައީސް ނިންމެވީ މިދިޔަ އަހަރުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާ ހުޅުވުމަށް ބޭއްވި ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ