ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގައި އެކަނި ޖުމްލަ ހަ ބިލިއަން ރުފިޔާގެ މަޝްރޫއުތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިޔަށް ގެންދާ ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން އައްޑޫގެ ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފެއްޓެވީ އެ ސިޓީގެ ރައްޔިތުންނަށް ހެޔޮ އެދިވަޑައިގެން ރަނގަޅު ވިސްނުމުގައި ކަމަށެވެ. މިއަދު އައްޑޫ އިން ފެންނަ ބަދަލަކީ ރައްޔިތުންގެ އިހުސާސްތައް ދެނެގަނެގެން ކަންކަން ކުރަން ފެށުމުން އަންނަމުންދާ ބަދަލުތައް ކަމަށް އޭނާ ވިދާޅުވިއެވެ.
އައްޑޫގެ އިގްތިސޯދި ކޮޅަށް ޖެހުމަށްޓަކައި ބޭނުންވާ އެންމެހާ އަސާސީ ހުރިހާ މަޝްރޫއުއެއް އައްޑޫގައި މިއަދު ހިނގަމުން އަންނަ ކަމަށް ވެސް ނިޒާރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
"ބިން ހިއްކަ ދެނީ. އައްޑޫ ސިޓީގައި 120 ކިލޯ މީޓަރާއި ގާތަށް މަގު ހަދައި ދެނީ. އައްޑޫ އެއާޕޯޓު ތަރައްގީ ކުރުމަށް ރަނގަޅު ފެންވަރުގެ މަސައްކަތްތަކާއެކު ކަންކަން ކުރެވިދަނީ. އައްޑޫގެ ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމަށްޓަކައި ފަސް ރަށެއް ހިއްކަނީ. އައްޑޫގެ ރައްޔިތުންނަށްޓަކައި ފޭދޫގައި 75 ފްލެޓު އަދި ހިތަދޫގައި 200 ފްލެޓު އެޅުމަށްޓަކައި މަސައްކަތް ފެށިފައި އެއޮތީ. އައްޑޫގެ ހުރިހާ ސްކޫލުތަކެއްގައި އިމާރާތްތައްކޮށް ނިންމައިފި. އައްޑޫގެ ހުރިހާ ރަށެއްގެ ބަނދަރުތަކެއް ހަދާ އެއޮއް ނިންމާލީ،" ނިޒާރު ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވީ ސަރުކާރަކުން އައްޑޫ ސިޓީގައި ފުރަތަމަ ފަހަރަށް މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް ވެސް އެ ސިޓީގައި ކުރަމުން އަންނަ ކަމަށާއި އެގޮތުން މަރަދޫގައި އިމާރާތް ކުރާ މިސްކިތް ނިމުމަކާއި ގާތަށް އައިސްފައިވާއިރު ހިތަދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ