އެޓަރނީ ޖެނަރަލް (އޭޖީ) އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ބަހުސްގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފިއެވެ.
މިއަދު ހެނދުނު 9:00 ގައި ފެށި ޖަލްސާ، 10:30ގައި އިންޓަވަލް ގަޑިއަށް މެދުކަނޑާލުމާ ހަމައަށް ވެސް އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅޭނެ ގޮތް ވަނީ ނުވެފައެވެ. އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހެޅި އެ މައްސަލަ މަޖިލީހުގެ ތަޅުމަށް އިއްވައި ދިނުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފަށް ދިން ފުރުސަތު ދިގު ދެންމުމަށްފަހު، އޭނާ އެންމެފަހުން ވަނީ މައްސަލަ ހުށަހަޅާފައެވެ. މައްސަލަ ހުށަހެޅުމގެ ކުރިން ނިޒާމީ އޮއިވަރެއްގައި މަޖިލިސް ދިޔައެވެ.
ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ފެށީ މެންދުރު ދަންފަޅީގައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ވިދާޅުވީ "ބޮލަށް މޮޔަ އަރައިގެން" ވެރިކަން ކުރަން ނަޝީދު ބޭނުންފުޅު ވެވަޑައިގެންނެވި ނަމަވެސް ދެން އެ ފުރުސަތު ނުލިބޭނެ ކަމަށެވެ. ނަޝީދަށް ވެރިކަން ލިބެން އޮތް ހަމައެކަނި ހަނި ފުރުސަތަކީ އެމްޑީޕީގައި މަޑުކުރެއްވުން ކަމަށާއި އެމްޑީޕީގައި ނަޝީދު ހުންނެވިހާ ދުވަހަކު މަޖިލީހުގެ ރައީސްކަމުގައި ވެސް ހުންނެވޭނެ ކަމަށެވެ.
"މަނިކުފާނަށް އޮތް ހަމައެކަނި ހަނި ފުރުސަތަކީ އެމްޑީޕީގައި އަދިވެސް މަޑުކުރެއްވުން. އެމްޑީޕީގައި ހުރިހާ ހިނދަކު، ތި ގޮނޑީގައި [މަޖިލީހުގެ ރައީސްކަމުގެ ގޮނޑީގައި] ބައިދާނަން. އެއީ މަނިކުފާނުގެ އަސްލު ސޫރަ ދިވެހި ރައްޔިތުންނަށް ދައްކައި ދިނުމަށްޓަކާ. މާދަމާ ވެސް ޕާޓީ ބަދަލުކުރާ ހިސާބުން މަނިކުފާނެކޭ މަޖިލީހުގެ ނައިބު ރައީސެކޭ، އެއް ހާލަތަށް އަޅުގަނޑުމެން އެކަންކޮށް ނިންމާނަން،" ދުވާފަރު ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.
ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ވައްކަން ކުރި ވަގުން ނުކުމެ، ދޮގު ހަދަމުންދާ ކަމަށާއި ރައީސް ނަޝީދު އަޑީގައި ހުންނަވައި، ބަޔަކު ލައްވާ ދަމައިގެން އުޅޭ "ގުއި ރޯނުގައި" މަޖިލިސް މެމްބަރުން ނުޖެހޭނެ ކަމަށެވެ.
"މަނިކުފާނު މިކަމުގެ އަޑީގައި ހުންނަވައިގެން ތިޔަ ދަންމަވައިގެން އުޅުއްވާ ގުއި ރޯނެއްގައި ދިވެހިރައްޔިތުންނާއި މި ސަރުކާރު ނުޖެހޭނެ. އެއީ އަޅުގަނޑުމެންނަށް ވަރަށް ސާފުވާންޖެހޭނެ ކަމެއް އިއްޒަތްތެރި ރައީސް،" ޣަފޫރު ވިދާޅުވިއެވެ.
 
		 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								