ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި މިއަދު ކުރިޔަށްދިޔަ ޖަލްސާ، ނިޒާމު ގެއްލިއްޖެ ކަމަށް ބުނެ މަޖިލީހުގެ ރިޔާސަތުން ނިންމާލައިފިއެވެ.
އެތައް ބުރަކަށް މެދުކަނޑާލި މިއަދުގެ ޖަލްސާ ނިންމާލެއްވިކަން މަޖިލީހުގެ ރިޔާސަތުން އިއުލާންކުރިއިރު މަޖިލީހުގައި ނިޒާމު ގެއްލޭވަރުގެ މާބޮޑު ކަމެއް ނުހިނގާކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް އިދިކޮޅު ބައެއް މެންބަރުން މަޖިލީހުގައި ކޮޅަށް ތިއްބެވިއެވެ. އެކަމާއި ސަރުކާރުގެ ބައެއް މެންބަރުން އަޑުގަދަ ކުރައްވަމުން ވެސް ގެންދެވިއެވެ.
ބައެއް މެންބަރުން ކޮޅަށް ތިއްބެވުމުން އެ މެންބަރުން ގޮނޑިކޮޅުތަކުގައި އިށީނދެވަޑައިގަތުމަށް މަޖިލީހުގެ ރިޔާސަތުގައި އެވަގުތު އިންނެވި ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ނަސޭހަތްތެރިވެވަޑައިގަތެވެ. އެހެންނަމަވެސް އެ މެންބަރުން އެގޮތަށް އަމަލެއް ނުކުރެއްވިއެވެ.
ޖަލްސާ ނިންމާލެއްވުމުގެ ކުރިން އަފީފް ވަނީ އޭނާ އަށް ވާހަކަ ދެއްކުމުގެ ފުރުސަތު ނުލިބޭ ކަމަށްވާ ނަމަ ދެން މަޖިލީހުގެ ޖަލްސާ ޖެހޭނީ ނިންމާލަން ކަމަށެވެ.
"މިވަގުތު ޖަލްސާގެ ނިޒާމު ގެއްލިފައި ވާތީވެ އަޅުގަނޑު މިހާރު މި ޖަލްސާ ނިންމާލަނީ،" އަފީފް ވިދާޅުވިއެވެ.
މަޖިލީހުގެ 13 މެމްބަރަކު ސޮއިކޮށް، ރިފްއަތާ ދެކޮޅަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް އިއްވަވައި ދިނުމަށް ރިޔާސަތަކުން އެތައް ފަހަރެއްގެ މަތިން އާދަމް ޝަރީފަށް ފުރުސަތު ދިނެވެ. ނަމަވެސް އޭނާ ވަނީ މައްސަލަ ހުށަނާޅުއްވައި، އޭޖީ ގާނޫނުއަސާސީއާ ހިލާފަށް އަމަލު ކުރި ސަބަބު އޮޅުންފިލުވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
އާދަމް ޝަރީފު ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލާގައި އޭޖީ އެންމެ ފުރަތަމަ އެދިވަޑައިގަތީ ލިޔުމުން ޖަވާބުދާރީވާން ކަމަށާއި ނަމަވެސް މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެން ހުންނެވީ ކުރިން އަމަލު ކުރި ގޮތް ގޯސް ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. މައްސަލަ ހުށަނާޅުއްވައި، އާދަމް ޝަރީފު އެގޮތަށް ވާހަކަ ދައްކަވާތީ، ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ މަޖިލިސް މެމްބަރުން ވަނީ ނިޒާމީ މައްސަލަ ނަންގަވައި، އާދަމް ޝަރީފު އަމަލު ކުރައްވާ ގޮތް ކުށްވެރި ކުރައްވާފައެވެ.
ސަރުކާރު މެމްބަރުން ވިދާޅުވީ އާދަމް ޝަރީފު މައްސަލަ ހުށަނާޅުއްވައި، އެހެން ވާހަކަތަކެއް ދައްކަވާނަމަ، އެއީ މައްސަލަ ހުށަހަޅަން ބޭނުންނުވަނީ ކަމަށް ބަލައި، އެޖެންޑާގައި ދެން އޮތް ކަމަކާގެން ކުރިއަށް ދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ