ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވެމުންދާ ކަމަށާއި ނަމަވެސް އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕީޖީ ގްރޫޕުން ބުނެފިއެވެ.
އެމްޑީޕީގެ ރައީސްކަންވެސް ކުރައްވާ ނަޝީދަކީ މިހާރު އެ ޕާޓީއާ މުޅިން ދެކޮޅު ބޭފުޅެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ނަޝީދާ މެދު އުފެދުނު ހިޔާލުވުންތަކާއެކު އެމަނިކުފާނު އިސްވެ ދަ ޑިމޮކްރެޓްސް ނަމުގައި ޕާޓީއެއް ވަނީ އުފައްދާފައެވެ. އެކަމަކު ނަޝީދު އަދިވެސް ހުންނެވީ އެމްޑީޕީގައެވެ. އެމަނިކުފާނު މަޖިލީސް ކުރިއަށް ގެންދަވަނީ އޮންނަ އުސޫލާއި އެއްގޮތަށް ނޫން ކަމަށް ބުނެ އެމްޑީޕީން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރާއްޖެ އާއި މޮރީޝަސްއާ ދެމެދު ފުށުއަރާ އިމުގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ނިންމިއިރު ދިވެހި ކަނޑުގެ ބައެއް ގެއްލިފައިވާ ކަމަށް ބުނެ އޭޖީގެ އިތުބާރު ނެތް ކަމުގެ މައްސަލަގާއި މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން ކަންތައް ކުރެއްވި ގޮތާއި މެދު މިޑީއާތަކަށް މައުލޫމާތު ދެއްވަމުން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވީ މިއަދުގެ ޖަލްސާގައި ހިނގައި ދިޔަ ކަންތައްތަކަކީ ރިޔާސާތާ އިދިކޮޅު މެމްބަރުންނާ ގުޅިގެން ހިންގި ކަންކަން ކަމަށެވެ.
"ޖަލްސާ ފެށިގެން ކުރިއަށްދާން ފެށުމާއި އެކުގައި އިދިކޮޅު ތިން މެމްބަރަކު ރިޔާސަތާ ވަރަށް ކައިރިއަށް އަދި ބަންޑާރަނައިބާ ވަރަށް ކައިރިއަށް ވަޑައިގެން އިހުތިޖާޖު ކުރައްވަމުން ގެންދެވީ. އެހެން ނަމަވެސް ރިޔާސަތުން އެ ބޭފުޅުންނަށް އެއްވެސް ވަރެއްގެ އިންޒާރެއް ނުދެއްވާ... ނަމަވެސް އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ފާޑުކިޔަން ފެށީމާ އެ ބޭފުޅުންގެ ނަން އިއްވާފައި އެބަހުރި" ޝަފީގް ވިދާޅުވިއެވެ.
ނަޝީދު މަޖިލީސް ގަވާއިދާ ހިލާފަށް ހިންގާއިރު އެމަނިކުފާނު މަޖިލީހުގެ ރައީސްކަމުން ވަކި ނުކުރައްވަނީ ކީއްވެގެންތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ޝަފީގް ވިދާޅުވީ އެކަމާއި މެދު "ފުންކޮށް" ވިސްނަމުންދާ ކަމަށެވެ.
"މިގޮތަށް މިކަން ތަކުރާރުވަމުންދާތީވެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރުގެ ފަރާތުން އަޅުގަނޑަށް އެނގިފައި އޮތީ އެކަމާއި މެދު ފުންކޮށް ވިސްނަމުންދާކަން. އަދި އެކަން ކުރައްވާ ވަގުތު ނުޖެހޭތީވެ އެ މަސައްކަތް ކުރެވެމުން ނުދަނީ" ޝަފީގް ސާފުކޮށްދެއްވިިއެވެ.
ނަޝީދު ވަކިކުރަން އެމްޑީޕީ ފަސްޖެހި ބިރުގަންނަ ކަމަށް ދަ ޑިމޮކްރެޓްސްއިން ދައްކަމުން ގެންދާ ވާހަކަތަކާއި ގުޅުވައި ނޫސްވެރިޔަކު ސުވާލުކުރުމުން ޝަފީގް ވިދާޅުވީ އެކަން ނުކޮށްގެން އުޅެނީ ޕާޓީގެ ރައީސްއަށް ވީމަކުރާ އިހުތިރާމެއްގެ ސަބަބުން ކަމަށެވެ.
"ކުރަން ނުކެރުން ނޫންނަމަ ކުރަން ބޭނުންނުވުމެއް ނޫން" އޭނާ ވިދާޅުވިއެވެ.
 
		 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								