ރައްޔިތުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަގެ ތާއީދެއް ނެތްކަން އޭނާ ހާމަ ކުރައްވައިފިއެވެ.
ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި ނަޝީދު އަމަލު ކުރައްވަމުން ގެންދެވި ގޮތުން ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުންގެ ފާޑު ކިޔުންތައް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.
އެހެންނަމަވެސް ރިޔާސަތުގައި އިންނަވާ ވާހަކަދައްކަވަމުން ނަޝީދު ވަނީ އޭނާ އަށް މެންބަރުން ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މަޖިލީހުގެ މެންބަރުން އޭނާ އަށް 100 ޕަސެންޓު ތާއީދު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވަނީ މެންބަރުން އޭނާ އަށް އެ މިންވަރަށް ތާއީދު ކުރައްވާތީ ޝުކުރު އަދާ ކުރައްވާފައެވެ.
"އިއްޒަތްތެރި މެންބަރުންނަށް ޝުކުރު ދަންނަވަން ތިޔަ ކުރައްވާ އިތުބާރާއި ތިޔަ ބަހައްޓަވާ ގާތްކަމާއި ތިޔަ ދެއްވާ އެއްބާރުލުމަށް،" ނަޝީދު ވިދާޅުވިއެވެ.
އެހެން ނަޝީދު ވިދާޅުވުމުން ނިޒާމީ ނުކުތާއެއް ނަންގަވާ ވާހަކަދައްކަވަމުން މެންބަރު އީސަ ވިދާޅުވީ މަޖިލީހުގެ ރިޔާސަތުން އަމަލު ކުރައްވަނީ މަޖިލީހުގެ ގަވާއިދާއި ހިލާފަށް ކަމަށެވެ. އެހެންކަމުން އޭނާގެ ތާއީދެއް މަޖިލީހުގެ ރިޔާސަތަށް ނެތް ކަމަށް ވިދާޅުވެފައެވެ.
އީސަގެ ނިޒާމީ ނުކުތާ އަށް ޖަވާބު ދެއްވަމުން ނަޝީދު ވަނީ މެންބަރު އީސަ އެފަދައިން ވިދާޅުވުމުން ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ދެވަނަ ވިސްނުމަށް މެންބަރު ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ