ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީޖަށް ހުށަހަޅައި، އެ މައްސަލަ ތިން ދުވަހުގެ މަތިން ވެސް ކުރިޔަށް ނުގެންދިއުމުން ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ މެންބަރުން އިހުތިޖާޖުކޮށްފިއެވެ.
ރިފްއަތުގެ މައްސަލާގައި އެންމެ ފުރަތަމަ މައްސަލަ ޖެހުނީ މަޖިލީހަށް ރިފްއަތު ހާޒިރުނުވެ، ލިޔުމުން ޖަވާބުދާރީވުމުންނެވެ. އިއްޔެގެ ޖަލްސާ އަށް ރިފްއަތު ހާޒިރުވިއެވެ.
އެހެންނަމަވެސް ރިފްއަތު ބޭނުން ގޮތަކަށް އަމަލު ކުރައްވާ ކަމަށް ބުނެ މަޖިލީހުހެ ރިޔާސަތާއި އިދިކޮޅު މެންބަރުން ނުރުހުންފާޅުކުރިއެވެ. އިއްޔެގެ ޖަލްސާ ނިމުނުއިރު ވެސް އެ މައްސަލަ އަށް ގޮތެއް ކަނޑައެއް ނޭޅެއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ރިޔާސަތުން ނިންމެވީ އިތުބާރުގެ ނެތްކަމުގެ މައްސަލަ ބާއްވާފައި އެޖެންޑާގައި ދެން އޮތް މައްސަލައަށް ދިޔުމަށެވެ.
އެއާއެކު މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުން އިހުތިޖާޖުކުރެއްވިއެވެ. އަދި ނަޝީދަކީ “މުގާބޭ” ކަމަށް ގޮވިއެވެ.
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި