ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވެސް ނިޒާމު ގެއްލިއްޖެ ކަމަށް ބުނެ މަޖިލީހުގެ ނިންމާލައިފިއެވެ.
އިއްޔެ ވެސް މަޖިލީހުގެ ޖަލްސާ ނިންމާލީ ނިޒާމު ގެއްލިއްޖެ ކަމަށް ބުނެއެވެ. އިއްޔެ ވެސް އަދި މިއަދު ވެސް މަޖިލިސް ނިންމާލިއިރު ރިޔާސަތުގައި އިންނެވީ ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ.
މިއަދުގެ ޖަލްސާ ވެސް އަދި އިއްޔެގެ މަޖިލީހުގެ ޖަލްސާ ވެސް ހޫނުވެގެން ދިޔައީ މަޖިލީހަށް ހުށަހެޅިފައިވާ ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އާއި ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަމަލުކުރައްވަމުން ގެންދަވާ ގޮތުންނެވެ.
މަޖިލީހުގެ ގަވާއިދާއި ހިލާފަށް މަޖިލިސް ކުރިޔަށް ގެންދާ ކަމަށް ބުނެ ނަޝީދަށް ސަރުކާރުގެ މެންބަރުން ވަނީ ފާޑު ވިދާޅުވެފައެވެ. އަދި މިއަދުގެ ޖަލްސާގައި އެ މެންބަރުން މަޖިލީހުގައި އިހުތިޖާޖުކޮށް ނަޝީދަކީ "މުގާބޭ" ކަމަށް ވަނީ ވިދާޅުވެފައެވެ.
[caption id="attachment_43616" align="alignnone" width="1024"] އިއްޔެ ވެސް އަދި މިއަދުވެސް މަޖިލީހުގެ ނިޒާމު ގެއްލިފައިވާ ކަމަށް ކަނޑައެޅިއިރު މަޖިލީހުގެ ރިޔާސަތުގައި އިންނެވި ހަސަން އަފީފް ---[/caption]
މިއަދު ނަޝީދު މަސައްކަތް ކުރެއްވީ ރިފްއަތުގެ މައްސަލަ ކުރިޔަށް ނުގެންގޮސް މަޖިލީހުގެ ދެން ހުރި މަސައްކަތްތަކައިގެން ކުރިޔަށް ދިއުމަށެވެ. ހުސް ވަގުތަށް މަޖިލީހުގެ ޖަލްސާ މެދުކަނޑާލިއިރު ރިޔާސަތުގައި އިންނެވީ ނަޝީދެވެ.
ހުސް ވަގުތުކޮޅަށްފަހު ޖަލްސާ އަލުން ފެށިއިރު ރިޔާސަތުގައި އިންނެވީ ހަސަން އަފީފެވެ. ރައީސް ނަޝީދު ފެކްޝަނުގައި ހުންނެވި ހަސަން އަފީފުވެސް މަޖިލީހުގެ ޖަލްސާ ފެއްޓުމާއެކު އެޖެންޑާގައި ދެން ހުންނެވި މަސައްކަތްތަކައިގެން ކުރިޔަށް ދިޔައެވެ. އެގޮތުން ނަޝީދު ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ ހުށަހެޅުމުގެ ފުރުސަތު ދެއްވިއެވެ.
އެއާއެކު ސަރުކާރު މެންބަރުން އަނެއްކާވެސް އަޑުގަދަ ކުރައްވަން ފެއްޓެވިއެވެ. މަޖިލީހުގެ ނިޒާމު ގެއްލުނު ކަމަށް ހަސަން އަފީފް ވިދާޅުވީ އެހެންވެއެވެ. އެއާކު އަފީފް މަޖިލީހުގެ ޖަލްސާ ނިންމާލެއްވިއެވެ.
 
		 
										
										 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								