ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަށް ކުރައްވާ އިހުތިރާމެއްގެ ސަބަބުން ކެތްތެރިކަން އިސް ކޮށްގެން ފުދޭވަރަކަށް ގިނަ ދުވަސްތަކެއް ވަންދެން ތިބެވިއްޖެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ގަވާއިދާއި ހިލާފަށް މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ނަޝީދު އަމަލު ކުރައްވާ ގޮތުގެ ސަބަބުން އެ މަގާމުން ނަޝީދު ވަކި ކުރުމަށް ނިންމިކަން އިއުލާން ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަސްލަމް މިއަދު ވިދާޅުވީ ނަޝީދަކީ ވަރަށް ގިނަ ޒަމާންތަކަކަށް ބަލައިގެންނެވި ސިޔާސީ ޝަހުސެއް ކަމަށެވެ. ނަޝީދަކީ ޑިމޮކްރެޓިކް ހަމަތައް ނަގަހައްޓަވާނެ ބޭފުޅެއްގެ ގޮތުގައި ގަބޫލު ކުރެވިގެން ދިޔަ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
"އަދި އަޅުގަނޑުމެން ގަބޫލު ކުރަމުން އައީ ރާއްޖޭގެ އިސްލާހީ މަސައްކަތްތަކުގައި އިސް ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައި،" އަސްލަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފަހުގެ ތާރީހުތަކުގައި ނަޝީދު އަމަލު ކުރައްވަމުން ގެންދެވި ގޮތްތަކަކީ އެމްޑީޕީ އާއި އެޕާޓީގެ މެންބަރުން ބަލައިގަނެގެން ތިބި އުސޫލުތަކާއި ހިލާފަށް ކަމަށެވެ. އެގޮތުން ޑިމޮކްރެޓިކް ހަމަތައް ނަޝީދު ނުގެންގުޅުއްވާ ކަމަށް ނަޝީދުއާ މީގެކުރިން އެންމެ އަރިސް އެއް ބޭފުޅެއްގެ ގޮތުގައި ހުންނެވި އެހެންނަމަވެސް މިހާރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ އިސްލާހީ މަސައްކަތްތަކަށްވުރެ އަމިއްލަ މަސްލަހަތު އިސް ކުރައްވައިގެން ކަމަށެވެ. މަޖިލިސް ކުރިޔަށް ގެންދަން ޖެހޭނީ މަޖިލީހުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށްވީ ނަމަވެސް ނަޝީދު އަމަލު ކުރައްވަނީ އެއާ މުޅިން ހިލާފަށް ކަމަށް އަސްލަމް ވިދާޅުވިއެވެ.
"ވަރަށް ބޮޑަށް ކެތްކުރެވިއްޖެ. ވަކިން ހާއްސަކޮށް ޕާޓީގެ ރައީސަށް ވާތީވެ އަދި އިސްލާހީ މަސައްކަތުގައި އިސް ބޭފުޅެއްގެ ގޮތުގައި ވަރަށް ގިނަ ބަޔަކަށް ފެނިފައިވާ ފަރާތަކަށްވެފައި ވާތީ އަޅުގަނޑުމެން ވަރަށް ބޮޑަށް ކެތްތެރިކަން އިސްކޮށްގެން ތިބެވިއްޖެ،" އަސްލަމް ވިދާޅުވިއެވެ.
މަޖިލީހުގައި އެމްޑީޕީ އަށް ނިސްބަތްވާ މިހާރު ތިއްބަވަނީ 56 މެންބަރުންނެވެ. އޭގެތެރެއިން މިއަދު ބޭއްވި ޕީޖީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ 42 މެންބަރުންނެވެ. ޕީޖީ ގްރޫޕުގެ ލީޑަރުގެ ހައިސިއްޔަތުން އަސްލަމް އަށް ޕީޖީގައި ނެގޭ ވޯޓުތަކުގައި ބައިވެރިއެއްނުވެވެއެވެ. އެހެންކަމުން މިއަދުގެ ވޯޓުގައި ބައިވެރިވީ 41 މެންބަރުންނެވެ. އޭގެތެރެއިން ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން ކުރިޔަށް ގެންދިއުމަށް ވޯޓު ދެއްވީ 36 މެންބަރުންނެވެ.
 
		 
										
										 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								