ރައްޔިތުން މަޖިލީހުގެ ރައީސްގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކި ކުރުމަށް އެމްޑީޕީގެ ހަތަރު މެންބަރަކު ސޮއި ނުކުރައްވާކަން "ހަތާވީސް" އަށް އެނގިއްޖެއެވެ.
ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި 54 މެންބަރަކު ވަނީ ސޮއި ނުކުރައްވާފައެވެ. އޭގެތެރޭގައި މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މިނިވަން ދެ މެންބަރަކާއި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު (ސަންޓްރެވަލް ސިޔާމް) ހިމެނިވަޑައިގަންނަވައެވެ.
އެނގިފައިވާ ގޮތުގައި ނަޝީދުގެ މައްސަލަ ހުށަހެޅުމަށް ސޮއި ނުކުރައްވާ މެންބަރުންގެ ތެރޭގައި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖާއި ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެތް) އާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު (ޗެކްމާކް) ހިމެނިވަޑައިގަންނަވައެވެ.
މި ބޭފުޅުންގެ ތެރެއިން ދޮންބިލެތް އަހްމަދު ދާދިފަހުން ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު ފ. އަތޮޅަށް ވަޑައިގެންފައެވެ. އެ ދަތުރުގައި ފ. މަގޫދޫގައި ބޭއްވި ޖަލްސާއެއްގައި އޭނާގެ އަރިހުން ރައީސް ވަނީ ސަރުކާރަށް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައެވެ.
"އަޅުގަނޑު 100 ޕަސެންޓް ޔަގީންކަން އަރުވަން މި ބިލެތްދޫ ދާއިރާގެ ބޮޑު މެޖޯރިޓީއެއް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހަށް މި އަންނަ ރިޔާސީ އިންތިހާބުގައި ލިބޭނެ. އެއީކީ އަޅުގަނޑުގެ މޮޅުކަމަކުންނެއް ނޫން، އެއީ މަނިކުފާނު މި ދާއިރާއަށް ކޮށްދެއްވި މަސައްކަތް،" ދޮންބިލެއް ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ދޮންބިލެތް ވިދާޅުވީ ސަރުކާރު ދަމަހައްޓަން، ސަރުކާރާ އެއްކޮޅަށް މަޖިލީހުގައި މީގެ ކުރިން ވެސް މަސައްކަތް ކުރަމުންދިޔަ ގޮތަށް އެކަން ކުރައްވާނެ ކަމަށެވެ.
މަޖިލީހުގައި އެމްޑީޕީ އަށް ނިސްބަތްވާ މިހާރު ތިއްބަވަނީ 56 މެންބަރުންނެވެ. އޭގެތެރެއިން މިއަދު ބޭއްވި ޕީޖީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ 42 މެންބަރުންނެވެ. ޕީޖީ ގްރޫޕުގެ ލީޑަރުގެ ހައިސިއްޔަތުން އަސްލަމް އަށް ޕީޖީގައި ނެގޭ ވޯޓުތަކުގައި ބައިވެރިއެއްނުވެވެއެވެ. އެހެންކަމުން މިއަދުގެ ވޯޓުގައި ބައިވެރިވީ 41 މެންބަރުންނެވެ. އޭގެތެރެއިން ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން ކުރިޔަށް ގެންދިއުމަށް ވޯޓު ދެއްވީ 36 މެންބަރުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ