ސަރުކާރާ އިދިކޮޅު ފަރާތްތަކުން ގައުމު ފަސާދަކުރަން މަސައްކަތްކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބުވުމުގެ ބިރު އޮތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން މިއަދު ވިދާޅުވެއްޖެއެވެ.
ސައުދު އެހެން ވިދާޅުވީ ސަރުކަރުގެ ފަރަތުނ،ް ކޮމަންޑޫ ދައިރާގެ މެންބަރު މުހައްމަދު ރާޝިދު ހުށަހަޅުއްވާފައިާ ކުނި މެނޭޖުކުރުމުގެ ގާނޫނު އަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައެވެ.
އެ ބަހުސްގައި ސައުދު ވިދާޅުވީ ކުނި މެނޭޖް ކުރުމާއި ތިމާވެށި ރައްކާކުރުމަށް ރާއްޖޭގެ ތާރީހުގައިވެސް ނުކުރާވަރަށް މި ސަރުކާރުން މަސައްކަތް ކޮށްފައިވާ ކަމަށެވެ. ރާއްޖޭގެ ބޮޑެތި ސަރަހައްދުގައި އިންސިނިރޭޓަރުތައް ބަހައްޓައި ކުނިން ހަކަތަ އުފެއްދުމުގެ ބޮޑެތި މަޝްރޫއުތައް ހިންގަމުންދާ ކަމަށެވެ.
"ރަށްރަށުގެ ކުނި މެނޭޖް ކުރެވުނީމާ އެ ރަށްރަށުގެ ލޯކަލް ޓޫރިޒަމް ތައާރަފްވެ އެ ރަށްރަށުގެ ރައްޔިތުންގެ ޖީބަށް ބޭރުފައިސާ ވަންނަމުންދާ ކަމަށް އެ މެމްބަރުންނަށް ނޭގުނީމަ ހިތާމަކުރަން" ސައުދު ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް ނިޒާމީ ނުކުތާއެއް ނަންގަވައި މައްޗަން ގޮޅި އުތުރު ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެމްބަރު މުހައްމަދު ރަޝީދު މުހައްމަދު (ބޯދިގު) ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުން ވިދާޅުވިއެވެ.
މި ސަރުކާރާ ދެކޮޅަށް މެމްބަރުން ވާހަކަތަކަށް ދައްކަމުން ގެންދަވަނީ ރައީސް ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބުވުމުގެ ބިރު އެ މީހުންނަށް އޮތުމުން ކަމަށް ސައުދު ވިދާޅުވިއެވެ.
"މި ސަރުކާރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ދެވަނަ ދައުރެއް ލިބިދާނެކަމުގެ ބިރަށް މިއަދު ބަޔަކު ހަޖަމުނުވެގެން މިތާ ތެރެއިންނާއި އަދި މިރާއްޖެ ފަސާދަކުރުމަށްޓަކައި" ޖޯޝުގައި ވާހަކަ ދެއްކެވި ސައުދު ވިދާޅުވިއެވެ.
"މި ބޮޑު އޮޑި ނުވެއް ފެތޭނެ. ފައްތަން އުޅުނު މީހުން އެދަނީ ފެތިގެން" ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފައްދަން މަސައްކަތްކުރާ ދަ ޑިމޮކްރަޓްސް އަށް ބަހުގެ ހޫނު ހަމަލާތައް ފޮނުވަމުން ސައުދު ވިދާޅުވިއެވެ. އެ މެމްބަރުންނަކީ އެމްޑީޕީގެ މެމްބަރުންތަކަކަށް ކުރިން ވީތީވެ ރެސްކިއު ނުވަތަ ސަލާމަތްކުރަން ޖެހޭނީވެސް އެމްޑީޕީން ކަމަށް ވިދާޅުވިއެވެ.
"ރުޖޫއާ ވާށޭ. އެމްޑީޕީއަކީ މި ރާއްޖޭގެ ރައްޔިތުންގެ އުއްމީދުތަކާއި ގުޅިފައި އޮތް ސިޔާސަތުގެ މައްޗަށް ބިނާވެފައި އޮތް ޕާޓީއެއް" މިހާތަނަށް ތަޖުރިބާ ކުރެވުނު ސަިޔާސީ ފިކުރުތަކުގެ ތެރެއިން އެންމެ ރަނގަޅު ފިކުރަކީ އެމްޑީޕީން ކަމަށް ވިދާޅުވީއެވެ.
 
		 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								