މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ތިން މުވައްޒަފަކަށް ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމުގެ ފުރުސަތު ދީފިއެވެ.
ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ދިން އެ ކުންފުނީގެ މުވައްޒަފުންނާއި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވަނީ މިއަދު ބައްދަލުކުރައްވައިފައެވެ. އަދި ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ދިން ކަމުގެ ލިޔުން ވަނީ ހަވާލު ކުރައްވައިފައެވެ.
ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ދިން ތިން މުވައްޒަފުން:
- މުހައްމަދު އަގްލީލު: ސީނިއާ ފައިނޭންސް އެގްޒެކެޓިވް
- އާއިޝަތު ސުނީޒާ: ސީނިއާ އެގްޒެކެޓިވް
- އިބްރާހީމް ވަހީދު: ޖެނެރަލް މެނޭޖަރު
އެ ރަސްމިއްޔާތުގައި ޝާހިދު ވަނީ ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ދިން ތިން މުވައްޒަފުންނަކީ ވެސް އެކުންފުންޏަށް ވަރަށް ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ ތިން މުވައްޒަފުންކަން ފާހަގަކުރައްވައިފައެވެ. އަދި ހައްޖާއި އުމްރާ އަށް އެކުންފުނީގެ މުވައްޒަފުން ފޮނުވުމަކީ އެކުންފުނިން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށް ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އެމްޕީއެލް އިން އިން އަންނަ އަހަރު ފަސް މުވައްޒަފަކު ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް ފުރުސަތު ދިނުމަކީ އެކުންފުނީގެ އަމާޒެއް ކަމަށެވެ.
އެ ފުރުސަތު ލިބުނު މުވައްޒަފުންނަކީ ވެސް އެމްޕީއެލްގެ ހައްޖު އަދި އުމްރާ ޕޮލިސީގެ ދަށުން ހައްޖުގެ އަޅުކަން އަދާ ކުރުމަށް ހުށަހެޅި ތިން މުވައްޒަފުން ކަމަށް އެމްޕީއެލް އިން ބުނެއެވެ.
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި