އިނގިރޭސިވިލާތާ ރާއްޖެއާ ދެމެދު ފްރީ ޓްރޭޑް އެގްރީމަންޓެއް ސޮއިކުރުމުގެ މަސައްކަތް ފެށުމަށް ނިންމައިފިއެވެ.
އެކަން އިއުލާންކުރައްވާ ފޮރިން މިނިސްޓްރު އަބްދުﷲ ޝާހިދު ވިދާޅުވީ އެއީ ރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކުން ނަގަމުންދާ 20 ޕަސެންޓް ޓެކްސް ކަނޑާލުމަށްޓަކައި، ވޭތުވެދިޔަ ހަތަރު އަހަރު މެދުކެނޑުމެއްނެތި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވާފައިވާ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
އޭގެ ސަބަބުން ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް އިގްތިސާދީ ގުޅުންތައް އިތުރަށް ބަދަހިވެ، ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި މި ސަރުކާރުން ގެންދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބޭރުގެ ގައުމުތަކާއި ކަނޑާލާފައި އޮތް ގުޅުންތައް ބަދަހިކުރުމުގެ މަސައްކަތްކުރަމުންނެވެ. ރާއްޖެ އެކަހެރިވެފައި އޮތް އޮތުން ނިމުމަކަށް ގެނެވިފައިވާ ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވަނީ ވިދާޅުވެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ