އައްޑޫ ސިޓީ އަށާއި ދިވެހި ދައުލަތަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި މުހައްމަދު އިބްރާހިމް ދީދީ ( ތުއްބީގެ މުހައްމާދީ) އަވަހާރަވެއްޖެއެވެ.
ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އާއި ސްޓެލްކޯގެ ޗެއާމާންގެ މަގާމުގައި މިވަގުތު ހުންނެވި ކުރީގެ މަޖިލިސް މެންބަރު އަދި ސިފައިންގެ ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް ދީދީގެ ވެސް ބައްޕާފުޅު މުހައްމާދީ އަކީ އައްޑު އަތޮޅު ހިތަދޫ ކަތީބުކަމާއި، ހިތަދޫ ބޮޑުކަތީބުކަމާއި، އަތޮޅުވެރިޔާގެ އެހީތެރިކަމާއި، އައްޑުއަތޮޅު އަތޮޅުވެރިކަން ކުރައްވައިފައެވެ.
މުޙައްމަދު އިބްރާހީމްދީދީ، ދައުލަތަށް ކުރެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި 2021ވަނަ އަހަރު ސަރުކާރުންވަނީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމް އަރުއްވާފައެވެ.
މުޙައްމަދު އިބްރާހީމްދީދީގެ ޖަނާޒާ އޮންނާނީ ހުކުރު ނަމާދަށްފަހު ސ.ހިތަދޫ މަސްޖިދުލް އިކްރާމް(ފަޒާ މިސްކިތުގައި)އެވެ.
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި