ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރިޔާސީ ޓިކެޓު ހަވާލު ކުރުމަށް މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާ އަށް ގޮނޑި ޖެހި އަދަދަށް މީހުން ނުދިއުމުން ދޮޅު ގަޑިއިރު ފަހުން އެ ޖަލްސާ ފަށައިފިއެވެ.
ގާސިމަށް ޓިކެޓު ހަވާލު ކުރުމަށް މިހާރު ކުރިޔަށްދާ ޖަލްސާ ފެށުމަށް މީގެކުރިން ހަމަޖެހިފައި އޮތީ 20:30ގައެވެ. އެހެންނަމަވެސް އެ ޖަލްސާ ފެށީ 22:00 ހާއިރު، ގާތްގަނޑަކަށް ދޮޅު ގަޑިއިރު ފަހުންނެވެ.
https://twitter.com/Phiraash/status/1667215886086987777?s=20
ޖަލްސާ ފެށުމަށް އޮތް ވަގުތު ފަހަނަ އަޅާ ދިޔައިރު ވެސް ގިނަ އަދަދެއްގެ ހުސް ގޮނޑިތަކެއް ހުއްޓެވެ. ބައެއް ފަރާތްތަކުން އެކަމާއި ގުޅިގެން "ގާސިމަށް ސަޕޯޓެއް ނެތް" ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަންނަނީ ފާޑު ކިޔަމުންނެވެ.
https://twitter.com/PokmanMV/status/1667201155523555329?s=20
މި ޖަލްސާ އަށް 4،000 އެއްހާ މީހުން ބައިވެރިވާނެ ކަމަށް މި ޖަލްސާއާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު އިލްހާމް އަހްމަދު ވަނީ ވިދާޅުވެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ