ރައްޔިތުން މަޖިލީހުގެ އަމީން އާއްމު އާއި މަޖިލީހުގެ އެހެނިހެން އޮފިޝަލުންގެ ގަދަރާއި އިއްޒަތަށް އަރައިގަތުމުގެ ޖާގަ ދެވިގެން ނުވާނެ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު ސޮއި ކުރައްވާ މަޖިލީހުގެ އިދާރާ އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ރިއާޔަތްކުރާއިރު ފާހަގަވާ އެއް ސިފައަކީ ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުއާއި ކައުންސެލް ޖެނެރަލަށް ދީފައިވާ މުސްތަގިއްލުކަން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ "ގަދަރާއި ޝަރަފް" އަމީން އާންމު ހިފަހައްޓަންޖެހޭ ކަމަށާއި އަދި މަޖިލީހުގެ ގަވާއިދާ ގުޅޭގޮތުން އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރަންޖެހޭ ހާއްސަ ވަގުތުތަކެއް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.
"ހާއްސަ ގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސެއް ނުހުންނަ ހާލަތުގައެވެ،" މަޖިލީހުގެ ރަސްމީ ލެޓާ ހެޑުގައި ނަޝީދު ނެރުއްވި ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ މިވަގުތަކީ މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވާ ވަގުތެއްކަން ފާހަގަކުރައްވައިފައެވެ. ވިދާޅުވީ އެފަދަ މައްސަލައެއް ލިބުމުން ކަންކަން ހިންގަންޖެހޭނެ އިޖުރާތުތައް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.
އަދި އެގޮތްތައް ރައްޔިތުންގެ މަޖިލީހަށާއ،ި މަޖިލީހުގެ މެންބަރުންނަށް ބުނެ ދިނުމުގައި "ގާނޫނީ ލަފައާއި ގާނޫނީ އެހީތެރިކަން" ފޯރުކޮށްދެވެން އޮތ،ީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލަށް ކަމަށްވެސް ބަޔާނުގައިވެއެވެ.
"ރައްޔިތުންގެ މަޖލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށްވިޔަސް އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަމުގައިވިޔަސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު މާނަކުރުމުގެ ގާނޫނީ އެހީތެރިކަމާއި މަޝްވަރާ ހޯދެން އޮތީ ކައުންސެލް ޖެނެރަލްގެ ކިބައިންކަން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ބެލެމުން ވަރަށް ސާފުކޮށް އެނގެއެވެ،" ބަޔާނުގައިވެއެވެ.
ނަޝީދުގެ ބަޔާނުގައި ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެދުގައި އަދި ބައެއް މަޖިލީހުގެ މެންބަރުންގެ މެދުގައި ސިޔާސީ ވާދަވެރިކަން އުފެދިފައި އޮތްނަމަވެސ،ް ގާނޫނީ ދައުލަތެއް ހިންގުމަކީ ކޮންމެ ރައްޔިތެއްގެވެސް އަދި މަޖިލީހުގެ އެންމެ މެންބަރުންގެވެސް ވާޖިބެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
"ވީމ،ާ ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމުއާއި އެހެނިހެން އޮފިޝަލުންގެ ޤަދަރާއި ޢިއްޒަތައް އަރަ އިގަތުމުގެ ޖާގަ އެއްވެސް މިންވަރަކަށް ދެވިގެން ނުވާނެއެވެ،" ބަޔާނުގައިވެއެވެ.
މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ނަޝީދު ބަޔާން ނެރުއްވިއިރު މިއަދު ނަޝީދު ވަނީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، އަމީން އާއްމު އަށް ސިޓީއެއް ފޮނުވައިފައެވެ. އެފަދަ ސިޓީފުޅެއް ފޮނުއްވީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުންނެވެ. މިމަހުގެ ހަތްވަނަ ދުވަހު މަޖިލީހަށް ވަނީ 54 މެންބަރުން ސޮއިކުރައްވާ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފައެވެ.
 
		 
										
										 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								