އަނެއްކާވެސް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމްގެ ދެ ސިޓީފުޅެއް މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ އަށް ފޮނުއްވައި، މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ ޖަލްސާގެ އެޖެންޑާ އިސްލާހު ކޮށްދެއްވުމަށް އެދިވަޑައިގެންފިއެވެ.
މީގެކުރިން ވެސް މަޖިލީހުގެ އަމީން އާއްމު ނިއުޝާ އަށް އަސްލަމް ދެ ސިޓީއެއް ފޮނުއްވިއެވެ. އެހެންކަމުން މިއީ އަސްލަމް ނިއުޝާ އަށް ފޮނުއްވި ހަތަރުވަނަ ސިޓީއެވެ.
އަސްލަމް މަޖިލީހުގެ އަމީން އާއްމު އަށް ފޮނުއްވި އެއް ސިޓީގައި ވަނީ މަޖިލީހުގެ އާއްމު ކޮމެޓީގެ މުގައްރިރާއި ނާއިބު މުގައްރިރުގެ މަގާމު ހުސްވެފައި ވާތީ މަޖިލީހުގެ 132ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެ ކޮމެޓީގެ މުގައްރިރާއި ނާއިބު މުގައްރިރުގެ މަގާމަށް ބޭފުޅުން އިންތިހާބު ކުރުމަށް ބާއްވަން ޖެހޭ ކޮމެޓީ ބައްދަލުވުން ބޭއްވުމުގެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމަށް އެދިވަޑައިގެންފައެވެ.
ކޮމެޓީތަކުގެ މަސައްކަތްތައް ހުއްޓިފައި ވަނީ 13 މެމްބަރަކު އެމްޑީޕީން ވަކިވުމުން، މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ މެމްބަރުންގެ އަދަދަށް ބަދަލު އައުމާ ގުޅިގެން، ކޮމެޓީތަކުގެ ކޮންޕޮޒިޝަން ބަދަލުވުމުންނެވެ. ކޮމެޓީތަކުގެ ކޮންޕޮޒިޝަން ކަނޑައަޅަނީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރުމަށްފަހު، މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދެވެ.
އަސްލަމްގެ ދެވަނަ ސިޓީގައި ވަނީ މަޖިލީހަށް ހުށަހެޅިފައިވާ ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް މިމަހުގެ 6ވަނަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައި ހިނގަމުން ދަނިކޮށް، އެ އެޖެންޑާ އައިޓަމް ކުއްލިއަކަށް މެދުކަނޑާލާފައިވާ ކަމަށެވެ. އެކަން ކުރެއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އަސްލަމްގެ ސިޓީގައި ވަނީ މަޖިލިސް ރައީސް އެކަން ކުރެއްވީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މާދަމާގެ މަޖިލިސް ޖަލްސާގެ އެޖެންޑާގައި ރިފްއަތުގެ މައްސަލަ އެޖެންޑާ ކޮށްދެއްވުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ.
މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސްގެ ވެސް އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ ހުށަހަޅައިފައެވެ. އެއާއެކު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. މަޖިލީހުގެ ރައީސާއި ނާއިބު ރައީސް ގަބޫލުކުރައްވާ ގޮތުގައި މަޖިލިސް ހުއްޓުވާފައި ވަނީ ސަރުކާރާއި އެމްޑީޕީގެ ޕީޖީން "ގަސްތުގައެވެ". ނަމަވެސް އެމްޑީޕީން ވަނީ އެކަން ދޮގުކޮށްފައެވެ.
މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮތް މައްސަލާގައި މީގެކުރިން އަސްލަމް ވަނީ ވާހަކަދައްކަވައިފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގައި ދެން އިތުރު އެއްވެސް މަސައްކަތެއް ދެން ކުރެވޭނީ މަޖިލީހަށް ހުށަހަޅާފައިވާ މަޖިލިސް ނާއިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަށް ފަހު ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.
 
		 
										
										 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								