ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާނުކޮށް، މަޖިލިސް ކުރިއަށް ގެންދަން މަސައްކަތް ކުރާތީ، ސަރުކާރު މެމްބަރުން މަޖިލީހުގައި އިހްތިޖާޖު ކުރަން ފަށައިފިއެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސްގެ މަސައްކަތްތަކުން އެއްފަރާތްވެފައިވާތީ، މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. އަފީފު މަސައްކަތް ކުރެއްވީ އިތުބާރު ނެތްކަމުގެ މައްސަލާގައި މެމްބަރުން ނަންގަވާ ނިޒާމީ މައްސަލަތަކަށް ބެލުމެއް ނެތި، މަޖިލިސް ކުރިއަށް ގެންދިއުމަށެވެ.
އީވާގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށް، އެ މައްސަލަ އެޖެންޑާއިން ނަގާފައި ވަނީ މީގެ ތިން ދުވަސްކުރިންނެވެ. އީވާގެ މައްސަލަ އެޖެންޑާއިން ނެގީ އެ މައްސަލާގެ ބަހުސްގެ ވަގުތު ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމެޓީން ކަނޑައަޅާފައިނުވާ ކަމަށް ބުނެއެވެ. އެ ކޮމެޓީން ބަހުސްގެ ވަގުތު ކަނޑައަޅާފައި ނުވަތީ، ކޮމެޓީތައް ހުއްޓުވާފައި އޮތުމުންނެވެ. މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އަދަދަށް ބަދަލު އައިސްފައިވާ ކަމަށް ބުނެ، މަޖިލީހުގެ ކޮމެޓީތައް ހުއްޓުވާފައި ވަނީ މަޖިލީހުގެ ރައީސެވެ.
މަޖިލީހުގައި ސަރުކާރު މެމްބަރުން ނިޒާމީ މައްސަލަ ނަންގަވައި، އިހްތިޖާޖު ކުރުމުގެ ގޮތުން ރިޔާސަތަށް އަމާޒުކޮށް، މުގާބޭއަށް މިއަދު ވަނީ ގޮވާފައެވެ.
މެމްބަރުން އެގޮތަށް އަޑުގަދަ ކުރަން ފެށުމުން، މަޖިލީހުގެ މިއަދުގެ ޖަލްސާ ކުޑަވަގުތުކޮޅަކަށް މެދުކަނޑާލަންޖެހުނެވެ.
(ތަފްސީލު އަންނަނީ...)
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ